English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޑްރިޑް ޑާބީ މެޗު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެފައިވާއިރު ވާދަވެރި ބާސެލޯނާއިން ވަނީ ލެގަނޭސް ފަސޭހަ ކަމާއި އެކު 3-0 ލަނޑުން ބަލިކޮށްފިއެވެ.

ލީގުގައި ރޭ ބާސެލޯނާ އާއި ލެގަނޭސް ބައްދަލުކުރި މެޗުގައި ދެ ގޯލު ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން އިރު ބާސެލޯނާގެ އަނެއް ލަނޑު ކާމިޔާބުކޮށްދީފައިވަނީ މި ސީޒަންގައި ޗައިނާ ލީގުން ބާސެލޯނާ އާއި ގުޅުނު ބްރަޒިލްގެ ޕައުލީނިއޯއެވެ.

ސްޕެނިޝް ލަލީގާގައި ރޭ މެޑްރިޑްގެ ދެ ކުލަބްގެ ދެމެދުގައި ކުޅުނު ފޯރިގަދަ މެޗު ލަނޑެއް ނުޖެހި 2005ވަނަ އަހަރު ފަހުން ފުރަތަމަ މެޗެއެވެ.

ރޭ އެތުލެޓިކޯ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަ ހަމަ ކުޅުމުމެއް ފެނިގެން ގޮސްފައިވާއިރު ދެ ޓީމަށް ވެސް ވަނީ ގޯލު ޖަހާނެ ގިނަ ހަމަލާތަކެއް ލިބި ބޭކާރު ކޮށްލާފައެވެ.

ރޭގެ މޮޅާއެކު ބާސެލޯނާ 12 މެޗުން 34 ޕޮއިންޓް ހޯދާފައި ވާއިރު ލީގުގެ ދެވަނައިގައި ވެލެންސިޔާ އޮތީ 27 ޕޮއިންޓާއެކުއެވެ.އަދި ތިންވަނައިގައި 24 ޕޮއިންޓާއެކު ގޯލްގެ ތަފާތުން ރެއާލް މެޑްރިޑް އޮތް އިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ފަސްވަނައިގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ.