English Edition
Dhivehi Edition

ފުވައްމުލަކުގައި އީދު ފާހަގަކުރަން ކުލަ ޖަހަން އުޅުމުގެ ތެރޭގައި އަނިޔާވި ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލާއިފިއެވެ.

މިއަދު ހަވީރު ދަނޑިމަގު އަވަށުގައި، ކުލަ ޖަހަން އުޅުނު ގްރޫޕެއްގެ ކިބައިން ސަލާމަތްވުމަށް މަސައްކަތްކުރި ވަގުތު ދުއްވަން އިން ސައިކަލު ކަހާލައިގެން ވެއްޓި އަނިޔާވީ އުމުރުން 21 އަހަރުގެ ޒުވާނަކަށެވެ.

މި ހާދިސާގައި ޒަހަމްވި އަންހެންމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނޭފަތުންނާއި ކަންފަތު ލޭ އަންނަމުން ދިޔަކަމަށް ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ލިރާރު ވަނީ ވިދާޅުވެފައެވެ. އަދި ބޮލަށް ވެސް އަނިޔާތަކެއް ވެފައިވާތީ އިތުރު ފަރުވާ އަށް މާލެ ފޮނުވާލީކަމަށް ލިރާރު ވިދާޅުވިއެވެ.

އިއްޔެ ފުވައްމުލަކުގައި ހިނގި އިތުރު އެކްސިޑެންޓެއްގައި އުމުރުން 61 އަހަރުގެ މީހެއްގެ ބޮލަށްވެސް އަނިޔާވެފައިވާއިރު އިތުރު ފަރުވާއަށް އެމީހާވެސް ވަނީ މާލެ ފޮނުވާލާފައެވެ.

އެ ދެ މީހުން ފޮނުވާލީ އާސަންދައިން ހަމަޖެއްސި ޗާޓާ ފްލައިޓެއްގައެވެ.