English Edition
Dhivehi Edition

ދިވެހި މަސްވެރިނަށް ފަހި ފުރުސަތުތަކެއް ހޯދައިދެމުން އަންނަ އަދި ދިވެހި މަސްވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ލ.ގަމު މަސްވެރިންގެ ޖަމްއިއްޔާއިން މިފަހަރު ހަދިޔާއެއްގެ ގޮތުގައި ހަތަރު ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމައިފި އެވެ.

މަސްވެރިންގެ ޖަމިއްޔާގެ ރައީސް ހުސައިން ހަނީފު މިއަދު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ޖަމްއިއްއްޔާގެ ފަރާތުން ދޭ މި އުމްރާ ދަތުރަކީ ރާއްޖޭގެ މަސްވެެރިކަން ކުރާ މަސްވެރިންނަށް އުމްރާގެ އަޅުކަން ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި އަދި ހާއްސަކޮށް މަސްވެރިން އުމްރާއަށް ދިއުމަށް ހިތްވަރު ދިނުމަށް ކުރާ ކަމެއް ކަމަށެވެ. އުމްރާ ދަތުރު ދިނުމަށް ހަމަ ޖެހިފައިވަނީ ހަތަރު މަސްވެރިއަކަށް ކަމަށް ހުސައިން ހަނީފު ވިދާޅުވިއެވެ.

ހުސައިން ހަނީފު ވިދާޅުވީ. އުމްރާ އަށް ދާ މަސްވެރިޔާ ހޮވާނީ އެކަމަށްޓަކައި ބޭއްވޭ ރަސްމިއްޔާތަކުން ނެގޭ ހާއްސަ ގުރުއަތަކުން ކަމަށާއި އެ ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު އެ ޖަމްއިއްޔާގެ ދަފުތަރުގައި ރަޖިސްޓްރީ ވުމުން ލިބިގެން ދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އުމްރާ އަށް ދާ މަސްވެރިޔާ ހޮވާނީ ކޮންމެ ރަމަޟާން މަހެއްގެ 28 ވަނަ ދުވަހު ބާއްވާ ޖަމްއިއްޔާ ގެ ޓީ.ސީ.އާރު ހޯލުގައި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މަސްވެރިންނަށް އަމާޒުކޮށްގެން އެ ޖަމިއްޔާ އިން ވަނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިލެކްޓްރޯނިކްސް ސާމާނު ވިއްކަމުން އަންނަ ޕާސަނަލް ކޮމްޕިއުޓާސްއާ ގުޅިގެން އެ ކުންފުނީގެ ކޮންމެ ފިހާރަކުން ޖަމިއްޔާގެ މެމްބަރުންނަށް ހާއްސަ ޑިސްކައުންޓް ތަކެއް ވެސް ތައާރަފް ކޮށްފައެވެ.

އަދި ކުރިޔަށް އޮތް ތަނުގައި މިއަށްވުރެވެސް ފަހި ރަނގަޅު ފުރުސަތުތަކެއް ދިނުމަށް ލ.ގަމު މަސްވެރިންގެ ހެލްތު ސްކީމެއް އުފެއްދުމަށް ވިސްނަމުންދާކަމަށްވެސް ހުސައިން ހަނީފް ވިދާޅުވިއެވެ.