English Edition
Dhivehi Edition

އަރބަންކޯ ވޮލީކޭމްޕް މިފަހަރު މ. މުލަކުގައި ފަށައިފިއެވެ.

އަރބަންކޯއިން ބުނިގޮތުގައި މި މުބާރާތަކީ ބިޔޯންޑް ހުޅުމާލޭގެ ދަށުން އެ ކޯޕަރޭޝަނުން ހުޅުމާލެއިން ބޭރުގައި ތަފާތު ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މިގޮތުން މ.މުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ ކޭމްޕަށް ކިޔަނީ “ބިޔޯންޑް ހުޅުމާލެ އާބަންކޯ ވޮލީ ބޯލް ކޭމްޕް 2023” އެވެ.

އަރބަންކޯ އިން ބުނިގިތުގައި މި ކޭމްޕަކީ، މުލަކުގެ ދެޖިންސް ކުދިންނަށް އަމާޒުކޮށްގެން ވޮލީ ބޯލް ބޭސިކް ސްކިލްސްގެ އިތުރުން އެޑްވާންސް ސްކިލްސް ދަސްކޮށްދިނުމާއި ކުދިންގެ މެދުގައި ވޮލީއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ހިންގޭ ކޭމްޕެކެވެ.

މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޭޑް 7ން 9 އަކާ ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ޖުމްލަ 50 އަށްވުރެ ގިނަ ކުދިން ހިމަނައިގެންނެވެ. އަދި މި ކޭމްޕް ކުރިއަށް ގެންދެވޭނީ ފެސްޓިވަލެއްގެ ގޮތުގައި 22 އޭޕްރިލް 2023 އިން ފެށިގެން އެއް ހަފްތާގެ މުއްދަތަކަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއީ މ. މުލަކުގައި ހިންގާ ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް އެންޖީއޯ އާއި، މުލަކު ސްކޫލް އަދި ކައުންސިލާ ގުޅިގެން ކުރިއަށްގެންދެވޭ ހަރަކާތެކެވެ.