މަކަރާއި ހީލަތުންފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް އައްޑޫ މީހަކު ހޯދަން ފުލުހުން ފަށައިފިއެވެ.
އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ފުލުހުން ހޯދަން ފަށައިފައިވަނީ އައްޑޫ ސިޓީ ހިތަދޫ، އުނިތޮށިގޭ، މުޙައްމަދު ނަޝިދު (53)(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A052933) އެވެ. އޭނާ ހޯދަނީ ފުލުހަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުންނެވެ. އުޅޭތަން ނޭނގޭތީ ތަހުގީގަށް ހާޒިރުވުމަށް ޗިޓް ވެސް ވަނީ ރައްދު ނުކުރެވި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންވަނީ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަން ހާމަކޮށްފައެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ހިތަދޫ، އުނިތޮށިގޭ، މުޙައްމަދު ނަޝިދަށް އަންގައި، އެޕްރީލް 30 ވަނަ ދުވަހު ހެނދުނު 10:00 އަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، ހާޒިރު ވުމަށް ފުލުހުން ވަނީ އަންގާފައެވެ.