English Edition
Dhivehi Edition

އިންޑިއާގެ ކުޑަކުދިންގެ ހިޔާއަކުން މުސްލިމު އަންހެނަކަށް އެނާ ‘މުސްލިމް އަންހެނެއްގެ’ ގޮތުގައި ފެންނާތީ ވަޒީފާ ދިނުމަށް ދެކޮޅު ހަދައިފިއެވެ.

ނެޑާލް ޒޯޔާ ނަމަކަށް ކިޔާ މި އަންހެން މިހާއަކީ ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައެންސް އިން ތައުލީމު ހާސިލް ކޮއްފައިވާ މީހެކެވެ. ޒޯޔާ އަލްޖަޒީރާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެނާ އަށް ލިބުނު މެއިލް ގައި ބުނެފައިވާނީ އެނާ މުސްލިމް އަންހެނެއްގެ ގޮތުގައި ފެންނާތީ ވަޒީފާ ދެވެން ނެތް ވާހަކަ ކަމުގައެވެ.

ޒޯޔާ ބުނި ގޮތުގައި އޮކްޓޯބަރ މަހު ކުޑަކުދިންގެ ހިޔާގެ ސޯޝަލް ވޯކަރެއްގެ މަގާމަށް އެނާ ޝޯޓު ލިސްޓުވި ކަމަށެވެ. އެހާ ހިސާބުން ހިޔާ ހިންގާ ފަރާތް ކަމަށްވާ ހަރީޝް ވަރްމާ، ޒޯޔާ އަށް އޮންލައިން ޓެސްޓެއް ހެދުމަށް ފަހު ފޮޓޯ އެއް ފޮނުވައިދިނުމަށް އެދުނު ކަމަށެވެ.

“ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ދަމުން. އަހެރެންނާ އެމީހުންނާ ދެމެދު އެތަކެއް މެއިލް ތަކެއް ބަދަލު ކުރެވުނު. ނަމަވެސް ނަމަވެސް މީގެ ދުވަސް ކޮޅެއް ކުރިން އަހަންނަށް ލިބުނު މެއިލްގައި އޮތީ، އަހަރެން ލައިގެން ހުރި ހެދުމުގެ ސަބަބުން އަހަރެން 1 ކިލޯމީޓަރު ދުރުން ފެނުނަސް ފެންނަނީ މުސްލިމު އަންހެނެއްގެ ގޮތުގައި ކަމަށް” ޒޯޔާ އަލްޖަޒީރާ އަށް ކިޔައިދިނެވެ.

ވަރްމާވަނީ މެއިލް ތަކުގައި ޒޯޔާ ގާތު ބުރުގާ ނެގުމަށް ވެސް އެދިފައެވެ. ނަމަވެސް ޒޯޔާ އެކަމަށް އެއްބަސް ނުވުމުން ވަރްމާ ބުނެފައިވަނީ އެނާ ޒޯޔާ އަށް މުހިންމީ އެނާގެ އިންސާނީއްޔަތު ކަމަށް ވުރެ އޭނާގެ ދީނަށް ވީމަ ހައިރާން ވާކަމަށް ބުނެފައެވެ.

ޒޯޔާ ބުނެފައިވަނީ އެނާ މިކަން ދެކެނީ އިސްލާމް ދީނާ މެދު މީހުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސް ކަމުގެ ގޮތުގައިއެވެ. އަދި އެނާ މިވާހަކަ ދެއްކުމުގެ ބޭނުމަކީ މީހުންނަށް މިފަދަ ކަންކަންވެސް ހިނގާ ކަން އަންގައި ދިނުމަށް ކަމުގައެވެ. އިންޑިއާގެ އަބާދީގެ 14 ޕަސަންޓަކީ މުސްލިމުންނެވެ.

މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސަރުކާރު އައިސް ގެރި މަސް ކެއުމާ ގެންގުޅުމުގެ އުސޫލަށް ބަދަލު ތަކެއް ގެނައުމުން ހިންދޫ ގްރޫޕު ތަކުން މުސްލިމުންނަށް ދޭ ހަމަލާތަށް ވަނީ ގިނަވެފައި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕް ތައް ފާހަގަ ކުރެއެވެ.

ޒޯޔާ އަށް ވަޒީފާ ނުދިން މައްސަލައިގައި ކުޑަކުދިންގެ ހިޔާގެ ވެރިޔާ ވަރްމާ ބުނެފައިވަނީ އެނާގެ ހިޔާ އަކީ އެއްވެސް ދީނަަކަށް ފުރުސަތު އޮތް ތަނެއް ނޫން ކަމުގައެވެ. ނަމަވެސް އިންޑީއާގެ ގާނޫނުން ކޮންމެ މީހަކަށް ވެސް އެމީހެއްގެ ދީނަށް އަމަލު ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ހަމަ މުސްލިމް ކުއްޖަކަށް މިފަދަ މައްސަލައެއްގައި ވަޒީފާ ނުދިން މައްސަލައެއް ވަނީ ހޫނު ވެފައެވެ. އެފަހަރު މުންބާއިގެ ކުންފުނިން ބުނެފައިވަނީ އެމީހުން މުސްލިމުންނަށް ވަޒީފާ ނުދޭ ކަމުގައެވެ.