English Edition
Dhivehi Edition

މިއަހަރުގެ ދިރާގު ރަމަޟާން މަހުގެ ‘ބޮޑު ހަދިޔާ’ ކެމްޕެއިންގެ ބޯނަސް ހަދިޔާއެއްގެ ގޮތުގައި ދިރާގުގެ ނަސީބުވެރި އެއް ކަސްޓަމަރަކަށް ދެމީހުންގެ ހިލޭ އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ މި ގުރުއަތުގައި ދިރާގުގެ ހުރިހާ އެކްޓިވް ކަސްޓަމަރުންނަށް ވެސް އިތުރު އެއްވެސް މަސައްކަތަކާއި ނުލާ ބައިވެރިވޭނެ ކަަމށެވެ.

އެގޮތުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑް ބޭނުންކުރާ އެކްޓިވް ކަސްޓަމަރުންނަށް ވެސް މި އަގުހުރި އިނާމު ލިބުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައި ކަމަށް ބުންނެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ އެޑްވަޓައިޒިންގ ހަސަން ޝާރިހު އާދަމް ވިދާޅުވީ މި އުމްރާ ދަތުރާއެކު، އެ ކުންފުނީގެ އަމާޒަކީ މި ރަމަޟާން މަހު އަގުހުރި ހަދިޔާއަކާއެކު ކަސްޓަމަރުން އެކުންފުންޏަށް ކުރާ އިތުބާރަށް ޝުކުރު ދެންނެވުން ކަމަށެވެ.

“ދިރާގުގެ މިހާރުގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން މި މަހުގެ ތެރޭގައި އަޅުގަނޑުމެންނާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި އިނާމު ގުރުއަތުގައި ބައިވެރިވެވޭނެ. އަދި މި ގުރުއަތުގެ ނަސީބުވެރިޔާ ހޮވާނީ ރަމަޟާން މަސް ނިމުމުން،” ދިރާގުގެ އެސިސްޓެންޓް މެނޭޖަރ އެޑްވަޓައިޒިންގ ހަސަން ޝާރިހު އާދަމް ވިދާޅުވިއެވެ.

ދިރާގުން ކޮންމެ އަހަރަކު ވެސް ދަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފަރތައް ގެނެސްދެމުން ނެވެ.

މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށް ވެސް އެކުންފުނިން ވަނީ އެދިފައެވެ.

ޓެގު