English Edition
Dhivehi Edition

އަންހެނަކު އޭނާގެ އަލަތު ފިރިމީހާ އިމާރާތެއއްގެ ފަސްވަނަ ފަންގިފިލާއިން ވައްޓާ މަރާލައިފިއެވެ.

މިސްރަށް ނިސްބަތްވާ މި އަންހެން މީހާ އޭނާގެ ފިރިމީހާ ފަސްވަނަ ފަންގިފިލައިން ވައްޓާލާފައިވަނީ އޭނާ ނިދާފައި އޮއްވާ ރޭގަނޑު ދަންވަރުގެ ވަގުތެއްގައެވެ.

ޚަބަރުތައް ބުނާގޮތުން އެ އަންހެން މީހާ އޭނާގެ ފިރިމީހާ ވައްޓާ މަރާލާފައިވަނީ އޭނާ ދެވަނަ ކައިވެންޏެއް ކުރުމުން އެކަމާއި ރުޅިގަދަވެގެންނެވެ.

ޚަބަރުތައް ބުނާ ގޮތުން އެ ފިރިހެން މީހާ ފަސްވަނަ ފަންގިފިލައިން ވައްޓާލުމުގައި އެ އަންހެން މީހާގެ އިތުރުން އެ މީހާގެ ބޭބެ އަކާއި އަދި އާއިލާގެ އިތުރު ދެ މީހަކު ވަނީ ބައިވެރިވެފައެވެ.

މި މައްސަލަ މިހާރު ކަމާއިބެހޭ ފަރާތްކަކުން ތަޙުގީގު ކުރަމުން އަންނައިރު، އެ އަންހެން މީހާ ތަހުގީގުގައި ކިޔައިދީފައިވާ ގޮތުން އޭނާގެ ފިރިމީހާއަކީ އެހެން އަވަށެއްގައި ޕާމަސިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އަދި އެ ފިރިހެން މީހާ ގެއަށް އައީ ކުޑަޗުއްޓީއެއް ނަގައިގެން އަނބިމީހާއާއި އެކު ވަގުތު ހޭދަކޮށްލުމަށެވެ.

ނަމަވެސް ފުރަތަމަ އަނބިމީހާ ވަނީ އޭނާގެ ފިރިމީހާ ގެއަށް އައުމާއި އެކު އޭނާގެ އާއިލާގެ މީހުންނަށް ގުޅާ ގެއަށް ގެނެސް ފިރިމީހާއަށް އޭނާގެ ދެވަނަ ކައިވެނި ރޫޅާލުމަށް އިންޒާރުދީފައެވެ. އެ އިންޒާރު ތަކަށް ވެސް އެއްވެސް ބިރެއް ނެތި ފިރިހެން މީހާ ވަނީ ދެކޮޅު ހަދާފައެވެ. މިކަމާއި ރުޅި ގަދަވެ، އެ އަންހެން މީހާގެ އާއިލާގެ މީހުން ވަނީ އެ ފިރިހެން މީހާ ގަދަ ކަމުން ބެލްކަންޏަށް ގެންގޮސް ބެލްކަނިން ތިރިއަށް ވައްޓާލާފައެވެ.

އެ ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށާއި އަދި ފުލުހުންގެ ތަހުގީގަށް ފަހު ނިންމާފައިވަނީ އެ ފިރިހެން މީހާ އަމިއްލައަށް ފުންމާލައިގެން މަރުވީކަމަށެވެ.