English Edition
Dhivehi Edition

ރަމަޟާންމަހު ރޯދައަށްތިބެ ދުވާލުކެއި ކަމުގެ ތުހުމަތުގައި ހދ. ނޭރުކުރެންދޫއިން ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެއްނެއް ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެމީހުން ގެންގޮސްފައިވަނީ މިމަހުގެ 11 ވަނަދުވަހުއެވެ. އެމީހުން ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ހދ. ކުޅުދުއްފުށީ ކޯޓަށް ގެންދިޔުމުން ގާޒީ ވަނީ އެމީހުންގެ ބަންދަށް 7 ދުވަސް ޖަހައިދީފައެވެ. މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.