English Edition
Dhivehi Edition
ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލްއިން ވަނީ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށައަޅަން ބޭނުންވާ ޖަމިއްޔާތަކަށް މިމަހުގެ 15 ވަނަ ދުވަހުގެކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައެވެ. ކޮމިއުނިޓީ ފަންޑުން ހޮވޭ ކޮންމެ ޕްރޮޖެކްޓަކަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު މި ފިޔަވަތީގައިވެސް އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވާނެއެވެ. ޕްރޮޖެކްޓްތައް ހޮވުމުގައި ބަލާނީ ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވަލާފައިވާ ފަންޑެކެވެ. މިހާތަނަށް ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން 70 އަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީވަނީ ދީފައެވެ.