English Edition
Dhivehi Edition

ސައުދީ އަރަބިއާގެ ޕްރޮފެޝަނަލް ލީގުގެ އަލް ނަޞްރަށް ކުޅޭ ބްރެޒިލް ފޯވަަޑް އެންޑަސަން ޓަލިސްކާގެ މުސާރަ ބޮޑުކުރަން އެ ކުލަބުން ނިންމާފައިވާ ކަމަށް ސައުދީ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

2021 ވަނަ އަހަރު ޗައިނާގެ ގުއެންޒޯއިން އަލް ނަޞްރަށް ބަދަލުވި ޓަލިސްކާ އަކީ މިވަގުތު އަލް ނަޞްރުގެ ފޯވާޑު ލައިނުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. އެހެން ކަމުން އޭނާގެ މުސާރަ ބޮޑުކުރަން ކުލަބުން ދިން ލަފައާއި އެއްގޮތަށް ޓަލިސްކާގެ މުސާރަ ބޮޑުކުރަން އަލް ނަޞްރުގެ ރައީސް މުސައްލި އަލް މުއައްމަރް ވަނީ އެއްބަސްވެފައިކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

ޓަލިސްކާއަށް މިހާރުދެމުން އަންނަ މުސާރައަކީ އަހަރަކު 8 މިލިއަން ޔޫރޯގެ މުސާރައެކެވެ. ނަމަވެސް ބޮޑު މުސާރައާއި އެކު އޭނާގެ މުސާރަ އަހަރަކު 12 މިލިއަން ޔޫރޯއަށް ބޮވެގެންދާނެއެވެ. އެއީ މިހާރު ޓަލިސްކާއަށް ދެމުން އަންނަ މުސާރައަށްވުރެ ހަތަރު މިލިއަން ޔޫރޯ ބޮޑު އަދަދެކެވެ.

ޓަލިސްކާ ވަނީ މި ސީޒަނުގައި މިހާތަނަށް އަލް ނަޞަރަށް ކުޅުނު 16 މެޗުގައި 16 ގޯލު ޖަހާފައެވެ.