English Edition
Dhivehi Edition
އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. އެގޮތުން މި އަދު މިގެނެސްދެނީ ވަރަށް ޚާއްޞަ މީރު ޕުޑިން އެއް ތައްޔާރުކޮށްލާނެ ގޮތެވެ.
ބޭނުންވާ ތަކެތި
3 ޖޯޑު ބަރަބޯ ފެނުކައްކާ ގޮށްނުހިުންނަ ވަރަށް މޮޑެފައި
4 ޖޯޑުގެރިކިރު
12 ބިސް
1 މޭޒުމަތީ ސަމުސާ ކަސްޓަރޑް
2 ޖޯޑު ފެން
2 ސަައިސަމުސާ ވެނީލާ އެސެންސް
1/2 ޖޯޑުހަކުރު ކެރެމަލް ކުރަން
ތައްޔާރު ކުރާނެ ގޮތް
ބިހާއި ކިރު ގިރާފައި،އަދިބާކީހުރި ހުރިހާ ބާވަތް އެއްކޮށް އޮމާން ވަންދެން ގިރާލާށެވެ.
ޓްރޭގައި ހަކުރު ކޮޅު ކެރެމަލް ގިރާފައި ހުރި ބައި ޓްރޭއަށް އަޅާފައި އަވަނުން ފިހެލާށެވެ.
މި ޕުޑިންގ 3_4 ގޮތަށް ތައްޔާރު ކުރެއެވެ.