English Edition
Dhivehi Edition

ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގައި ދަމު ނަމާދުކުރުމަށް މާލެ ސަރަހައްދުން 32 މިސްކިތެއް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާ، އެކަން އިޢުލާން ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދަމު ނަމާދު ކުރުމަށް ހަމަޖައްސާފައި ވަނީ މާލޭގެ 18 މިސްކިތެއްގަ އާއި ވިލިމާލޭގެ 3 މިސްކިތާއި ހުޅުމާލޭގެ 11 މިސްކިތެއްގައި ކަމަށެވެ.

މާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ:

  • އިސްލާމީ މަރުކަޒު
  • މަސްޖިދުލް މަލިކު ސަލްމާން
  • މަސްޖިދުއްސުލްތާނު މުހައްމަދު ބިން އަބްދިﷲ
  • މަސްޖިދުއްސުލްތާނު މުހައްމަދު ޝަމްސުއްދީން
  • މަސްޖިދުއްސުލްތާނު މުހައްމަދު ފަރީދުލްއައްވަލު
  • މަސްޖިދުއްސުލްތާނު ހަސަން އިއްްޒުއްދީން
  • މަސްޖިދުއް ސަލާހުއްދީންމަސްޖިދުލް ފުރްގާން
  • މަސްޖިދުލް ޖަލާލުއްދީން
  • މަސްޖިދުއް ނޫރު
  • މަސްޖިދުލް އިބްރާހިމް
  • މަސްޖިދުއް ޝަހީދު އަލީ
  • މަސްޖިދުލް އިސްކަންދަރުފަނޑިޔާރު މިސްކިތް
  • މަސްޖިދުއް ސުލްތާން މުހައްމަދު އިމާދުއްދީން
  • މަސްޖިދުއް ސުލްތާނު މުހައްމަދު ޖަމީލު ދީދީ
  • މާފަންނު އާ މިސްކިތް
  • މަސްޖިދުލް އަލީ ހުސެއިން

އިއުތިކާފަށް ތިބުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މާލޭގެ 7 މިސްކިތަކާއި ވިލިމާލޭގެ މިސްކިތެއްގެ އިތުރުން ހުޅުމާލޭގެ 6 މިސްކިތެއްގަ އެވެ.