English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. އެގޮތުން ރޯދަ މަހުގެ 15 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ކެރެމަލް ޑެޒަރޓް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި
ސެއޫނަރު ޕެކެޓެއްގެ އެއްބައި
1 ދަޅު ގެރިކިރު
5 ޖޯޑުފެން
1 ރާނބާފަތް ކޮށާފައި
2 މޭޒުމަތީ ސަމުސާ ބަޓަރ
12ޖޯޑު ހިކިމޭބިސްކަދުރު
1/2 ޖޯޑު ކަޖޫނަޓް ކޮށާފައި
3 މޭޒުމަތީ ސަމުސާ ކެރެމަލް ސޯސް
1 މޭޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް
ތެއްޔެއް އުނދުން މައްޗަށް އުދާލާށެވެ.
ހޫނުވީ ބަޓަރު ކޮޅު އަޅާލާށެވެ .
ރާނބާ ކެޖޫނަޓްކޮޅާއި ހިކިމޭބިސްކަދުރު ކޮޅު އަޅާފައި ކުޑަކޮށް ހަނާކޮށްލާށެވެ.
ސެއޫނަރު ކޮޅު ކުދި ކޮށް ބުރި ބުރިކޮށްފައި އެއްކޮށްލާށެވެ . ތިންބައި ކުޑަކޮށް ހަނާވުމުން ފެންފޮދު އެއްކޮށްފައި މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ކައްކާށެވެ .
މަޑުވެ ރޯފިލުމުން ގެރިކިރާއި އެސެންސް އެއްކޮށްފައި ކެރެމަލް ސޯސް ވެސް އެއްކޮށްލާށެވެ.
އުނދުން މަތިން ބާލާށެވެ. ތަށްޓަށް އަޅާލާށެވެ .
ފިނިކޮށްގެން ވެސްވަރަށް މީރުވާނެއެވެ.