English Edition
Dhivehi Edition

ގދ. ރަތަފަންދޫގެ މެޖޯރިޓީ އެދެނީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ކުރައްވާފައިވާ ތްވީޓެއްގަ އެވެ.

އެ ޓްވީޓެއްގައި ވަނީ “މި ވޭތުވެ ދިގު ތާރީޚުގައި އަޅުގަނޑު އުފަން ރަށް ގދ ރަތަފަންދޫ އަށް އެއްވެސް ވެރިޔަކު ނުގެއްނަވާ ތަރައްޤީ ވަނީ ރައީސް ސާލިހު ނެސްދެއްވާފަ.” ކަމަށެވެ.

ސައުދު ވިދާޅުވެފައިވަނީ ރަތަފަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ގިރާ ސަރަހައްދު ހިމާޔަތް ކޮށްދީ، އައިސްޕްލާންޓް ބެހެއްޓުމުގެ އިތުރުންވެސް ތަރައްގީގެ އެތައް ޕްރޮޖެކްޓެއް މި ސަރުކާރުން ކުރިޔަށް ގެންދާ ކަމަށެވެ. އެހެންކަމުން ރަތަފަންދޫގެ ގިނަ ޒުވާނުންނާއި އެރަށުގެ ރައްޔިތުންގެ މެޖޯރިޓީ ބޭނުންވާ ގޮތަކީ އޭނާ ރައީސަށް ތާއީދުކޮށް، ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުން ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.

ސައުދު މިހެން ވިދާޅުވެފައިވާއިރު، މިގޮތުން، ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ އިސް ބައެއް ބޭފުޅުން ވަނީ ރައީސް ސާލިހަށް ތާއީދުކޮށް ޕާޓީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވަމުން ނެވެ.

ސައުދުއަކީ ކުރިން ޖުމުހޫރީ ޕާޓީގެ މެމްބަރެކެވެ. އެހެންނަމަވެސް އޭނާވަނީ މީގެ މަހެއްހާ ދުވަސްކުރިން އެޕާޓީން ވަކިވެފަ އެވެ.