ކެތްތެރިކަން އިސްކޮށް ތަފާތު ކުރުމެއްނެތި ދިވެހި ރައްޔިތުންނަށް ވެރިކަން ކޮށްދެވޭނީ މިހާރުގެ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤައުމަކަށް ތަރައްޤީ ގެނެވޭނީ ހަމަޖެހުން ގާއިމް ކޮށްގެން ކަމަށާއި ކެތްތެރިކަން އިސްކޮށް ތަފާތު ކުރުމެއްނެތި ދިވެހި ރައްޔިތުންނަށް ވެރިކަން ކޮށްދޭނެ ރައީސަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަމަށެވެ
“ޤައުމަކަށް ތަރައްޤީ ގެނެވޭނީ ހަމަޖެހުން ގާއިމް ކޮށް ގެން. ކެތްތެރިކަން އިސްކޮށް ތަފާތު ކުރުމެއްނެތި ދިވެހި ރައްޔިތުންނަށް ވެރިކަން ކޮށްދޭނެ ރައީސަކަށް. ރައީސް ސާލިހަކީ ނަމޫނާ ރައީސެއް. އެކަން ހާމަވޭ ކެބިނެޓްގައި ތިބި ޖޭޕީ ވަޒީރުންގެ އުޅުމަށް ބެލިޔަސް. ސީދާ އިދިކޮޅަށް ބެލިޔަސް ސީދާ ރައީސާ އިދިކޮޅު. ބިރެއް ނެތް” ސައުދުގެ ޓްވީޓުގައި ވެއެވެ.
ސައުދު މިފަދައިން ތްވީޓު ކުރައްވާފައިވާއިރު، ރައީސް ސާލިހުގެ ކެބިނެޓުގައި ތިއްބެވި ޖޭޕީގެ ދެ ވަޒީރަކު ވަނީ ކެބިނެޓުން އިސްތިއުވާ ނުދެއްވާ، ޖޭޕީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދުކުރާކަން ހާމަ ކޮށްފައެވެ.
މިގޮތުން، ޖޭޕީގެ ސްލޮޓުގައި ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަންވަނީ ފިކުރެއްގެ ދިރުމުގެ އިސް ބޭފުޅުންނާ ގާސިމް އިބްރާހިމްއާއެކު ބޭއްވުނު ބައެއް ބައްްދަލުވުންތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.