English Edition
Dhivehi Edition

ހުޅުމާލެ ފޭސް 2 ގައި ދެ އެކްސިޑެންޓެއް ހިނގާ، އެކަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ފްލެޓު ސަރަހައްދުން ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:56 ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 59 އަހަރުގެ ފިރިހެނަކަށް ކަމަށާއި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް 2 ގެ، ޖޭއެމްސީ ސައިޓު ކައިރިން ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ 01:20 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ބުނެއެވެ.

މި އެކްސިޑެންޓްގައި 19 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާއިރު، އެމީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، މިހާރު އޭޑީކޭގައި ފަރުވާދެމުން އަންނަކަމަށް ވެސް ބުނެއެވެ.

މި ދެ ހާދިސާ ވެސް ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހްގީގްކުރަމުން ނެވެ.