English Edition
Dhivehi Edition

ދިރާގު ގުޑިފެސްޓް މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

ދިރާގުން ބުނީ މި ގުޑިފެސްޓް އޮންނާނީ މާލެ އުސްފަސްގަނޑުގައި ކަމަށެވެ.

މިއީ މާލެ ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4 ން 6 އަށެވެ.

ގުޑި އެރުވުމަކީ ރަމަޟާން މަހުގެ ހަވީރު ގަޑީގައި ބޮޑެތި މީހުން އަދި ކުޑަކުދިންގެ މެދުގައިވެސް މަޤްބޫލް ހަރަކާތެކެވެ. ދިރާގު ގުޑިފެސްޓް މެދުވެރިކޮށް އެ ކުންފުނިން އުއްމީދު ކުރަނީ މި މަހުގެ ތެރޭގައި މި ޒަމާންވީ ސަގާފީ އާދަކާދައާ ދެމެދު އިތުރު ކުދިންގެ ޝައުގު އާލާކުރުމެވެ.

ދިރާގު ގުޑިފެސްޓްގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި މި އިވެންޓްގައި އެކި ވައްތަރުގެ ގުޑިވެސް ދިރާގުން ބަހާނެ އެވެ.

ޚާއްސަކޮށް މި ރަމަޟާން މަހާ ދިމާކޮށް ދިރާގުން ދަނީ ހިތްގައިމު ހަރަކާތްތަކާއި އޮފާތައް އާންމުންނަށް ގެނެސްދެމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށް އެދޭ ކަމަށެވެ.

ދިރާގުން ދަނީ ކޮންމެ ރަމަޟާން މަހުގައިވެސް ކަސްޓަމަރުންނާއި ދިވެހި ރާއްޖޭގައި އުޅޭ ފަރާތްތަކަށް އިތުރު ހަރަކާތްތަށް ގެނެސްދެމުން ނެވެ. އަދި އެކުނުފުނިން ވަނީ ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެދިފަ އެވެ.

ޓެގު