English Edition
Dhivehi Edition

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓިނާ ތަރި ލިއޮނެލް މެސީ އެބުރިބާސާއަށް އަންނަން އުޅޭކަން އެ ކުލަބުގެ ނައިބު ރައީސް ކަށަވަރުކޮށްދީފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މެސީ އެނބުރި ބާސާއަށް އަންނަން ނިންމާފައިވާ ކަން ބާސާގެ ނައިބު ރައީސް ރަފާ ޔުސްޓޭ ކަށަވަރުކޮށްޑިފައިވާ ކަމަށާއި އަދި ބާސާއިން މިހާރު މެސީއާއި ވާހަދައްކާފައިވާ ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.

މެސީ އަކީ ބާސާއިން އެންމެ ބޭނުންވާ އަދި އެންމެ ލޯބިވާ ކުޅުންތެރިޔާކަމަށާއި އެކަން ހުދު މެސީއަށް ވެސް އެނގޭނެ ކަމަށް ރަފާ ބުނެފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި މެސީއަށް އެނގޭނޭ ހެން ބާސާއަކީ މެސީގެ އަގު ވަޒަންކުރާ ހަމަ އެކަނި ކުލަބުކަން ވެސް މެސީއަށް އެނގޭނޭ ކަމަށް ރަފާ ބުނެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

އަދި މެސީގެ ކެރިއަރުގެ ބާކީ ބައި މެސީވެސް ބޭނުންވަނީ ބާސާގައި ހޭދަކުރަން ކަމަށާއި އެ ފުރުސަތު ބާސާއިން މެސީއަށް ދޭން ތައްޔާރަށް އޮތް ކަމަށް ވެސް ރަފާ ބުނެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.