English Edition
Dhivehi Edition
ޖުމުހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ޖޭޕީ

ރާއްޖޭގައި ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖުމްހޫރީ ޕާޓީން ފުރަތަމަ ފަހަރަށް ދާއިރާތަކުގެ ރައީސުން ހޮވަން ނިންމާ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރޭ ޖުމްހޫރީ ޕާޓީން މ.ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ދާއިރާތަކުގެ ރައީސުން ހޮވުމުގެ ކަންކަމަށް ޖޭޕީން އެކުލަވާލާފައިވާ 11 މެމްބަރުންގެ ކޮމިޓީން ވަނީ މި މަގާމަށް މީހުން އިންތިހާބުކުރުމުގެ ކަންތައްތައް ކުރިއަށް ދާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ. މި ގޮތުން އެ ކޮމިޓީން ބުނީ ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ކަނޑައަޅާފައިވާ ގޮތަށް ރާއްޖޭގެ 87 ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި މި މަގާމަށް އެދި ހުށަހަޅާ ފޯމާއެކު 50 މީހުންގެ ތާއިދުވެސް ހޯދަންޖެހޭކަމަށް އެ ކޮމިޓީން ވަނީ ބުނެފައެވެ.

ދާއިރާގެ ރައީސުންގެ މަގާމަށް ކުރިމަތިލުމަށް މިވަގުތު ކޮންމެހެން ޖޭޕީގެ މެންބަރަކަށްވާން ނުޖެހުނު ނަމަވެސް ދާއިރާގެ ރައީސްގެ މަގާމަށް ކުރިމަތިލާ ފޯމާއެކު ޖޭޕީގެ މެންބަރަކަށްވުމަށް އެދި ފޯމު ހުށަހަޅަންޖެހޭނެއެވެ. މި މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ 20 އެޕްރީލް 2023އެވެ.

މި އިންތިހާބާ ގުޅޭ ގޮތުން ޖޭޕީގެ ކޮމިޓީ މެންބަރުން ބުނީ އެއް ދާއިރާއަށް އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާނަމަ އެ މަގާމަށް މެންބަރަކު އިންތިހާބު ކުރާނީ ޕްރައިމަރީއަށްފަހު ކަމަށެވެ.