ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމަށް 4 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި މިރޭ ބާއްވަން ހަމަޖެއްސި ޖަލްސާ މޫސުން ތަން ނުދިނުމުގެ ސަބަބުން މާދަމާރެއަށް ފަސްކޮށްފިއެވެ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވީ “ބަހާރެކޭ” ގެ ނަމުގައި ކާނިވާ ސަރަހައްދުގައި މާދަމާ ރޭ ބާއްވާ ޖަލްސާއަކީ ވަކި ބަޔަކަށް ބާއްވަ ޖަލްސާއެއް ނޫން ކަމަށާއި މި ޖަލްސާއަކީ ޢާންމުކޮށް ހުޅުވާލައިގެން ހުރިހާ ދިވެހިރައްޔިތުންނަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.މީގެ އިތުރުން އަޒްލީން ވިދާޅުވީ މާދަމާ ރޭގެ ޖަލްސާގައި ރައްޔިތުންނަށް މިހާތަނަށް އިވިފައި ނުވާ އުފާވެރި ހަބަރުތަކެއް ރައީސް ޔާމީން ދެއްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ކާމިޔާބީ އާއި ގިނަ ދާއިރާތަކަކުން އުއްމީދު ގެއްލިފައިވާ މީހުންނަށް، ހާއްސަކޮށް ސިވިލް ސާވެންޓުންނަށް އުފާވެރި ހަބަރުތަކެއް ދެއްވާނެ ކަމަށެވެ
މާދަމާ ޜޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާ އަޒްލީން ސިފަ ކުރެއްވީ އުއްމީދުން ފުރިފައިވާ ޖަލްސާއެއްގެ ގޮތުގަ އެވެ