English Edition
Dhivehi Edition

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި ހުންނެވި ހުސައިން އަމްރު، އެ މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަމްރު، މަގާމުން ވަކިކުރީ ރައީސް ސާލިހު އަންގަވައިގެން ނެވެ.

އަމްރު މަގާމުން ވަކި ކުރުމަށް ސަރުކާރުން ޕީސީބީ އަށް ފޮނުވާފައި ވަނީ އެސްޓީއޯގައި އޭނާ އަދާކުރައްވަމުން ގެންދަވާ މެނޭޖިންގ ޑިރެކްޓަރުކަމުގެ އިތުރުން ބޯޑު ޑިރެކްޓަރު ކަމުންނާއި ސީއީއޯ ކަމުން ވެސް ވަކިކޮށް ދިނުމަށް އެދިފަ އެވެ.

ޕީސީބީ އިން ވަނީ ސަރުކާރުން އެދުނު ގޮތަށް އަމްރު މަގާމުން ވަކިކޮށްފަ އެވެ. އަދި އެމަގާމަށް އިތުރު މީހަކު އައްޔަން ކުރެވެންދެން އެސްޓީއޯގެ ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމް އާއި ހަވާލު ކުރަން ޕީސީބީން ވަނީ ނިންމާފަ އެވެ.

އަމްރު މަގާމުން ވަކިކޮށްފައިވާއިރު އޭނާ ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ޞާލިޙަށް ތާއީދުނުކުރައްވައި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން މަސައްކަތް ކުރައްވަން ނިންމަވާފަ އެވެ.