English Edition
Dhivehi Edition

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޓީމެއް ކ. ގުދައިދޫއަށް ގޮސްފި އެވެ.

މި ޓީމުގެ ބޭނުމަކީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕޭނަށް އެ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމެވެ.

މި ޓީމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމްއާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

އެމްއެންޕީގެ ޓިކެޓުގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ގުރައިދޫ ފިޔާތޮށިގެ އަލީ އާރިފްއެވެ.

މި ބައި އިލެކްޝަންގައި އަލީ އާރިފްގެ ޝިއާރަކީ “ފުދުންތެރި ދާއިރާއަކަށް” އެވެ.

މީގެ ކުރިން އެމްއެންޕީންވަނީ އާރިފަށް ތާއީދު ހޯދުމަށް ކ. މާފުށީގައި ޕޯސްޓަރު ހަރު ކުރުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އަދި ފާއިތުވި ހަފުތާ ބަންދުގައި ދާއިރާގެ ތިން ރަށަށް ވެސް ވަނީ ދަތުރުކޮށްފަ އެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުން ނެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީމް މަހުގެ 15 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ފާއިތުވި ފެބްރުއަރީމަހު އަވަހާރަވި ރިޒާއަކީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ފާއިތުވި 14 އަހަރު މެދުނުކެނޑި ކުރައްވައިފައިވާ ބޭފުޅެކެވެ.