English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ގުރު މިއަދު ނެގިއިރު، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ސްޕެއިންގެ ރެއާލް މެޑްރިޑާއި އިނގިރޭސި ކުލަބް ޗެލްސީ އަދި މެންޗެސްޓަރ ސިޓީ އާއި ޖަރުމަނުގެ ބަޔާން މިޔުނިކް ބައްދަލުކުރަން ޖެހިއްޖެއެވެ.

ކުއާޓާ ފައިނަލުގެ އަނެއް ދެ މެޗަށް ބަލާއިރު، އެއް މެޗުވައި ބައްދަލު ކުރާނީ އިޓަލީގެ ދެ ޓީމުކަމަށް ވާ އޭސީ މިލާނާއި ނަޕޮލީއެވެ. އަދި އަނެއް މެޗުގައި ބައްދަލު ކުރާނީ އިންޓަ މިލާނާއި ބެންފީކާއެވެ.

ސެމީގެ މެޗުތަކަށް ބަލާއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރަން ޖެހޭނީ ރެއާލް އަދި ޗެލްސީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ސިޓީ އަދި ބަޔާން ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމެކެވެ.

ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ އޭސީ މިލާނާއި ނަޕޮލީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި އިންޓަ އަދި ބެންފީކާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމެކެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅެން ފަށާނީ އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގައެވެ. އަދި ދެވަނަ ލެގުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އޭޕްރީލް 18 ގައެވެ.