English Edition
Dhivehi Edition

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) ގެ ފަރާތުން ޕާކިސްތާނަށް ގާތްގަނޑަކަށް ބައިލައްކަ ދިވެހި ރުފިޔާ (46،327 ރުފިޔާ) ޙަވާލުކޮށްފި އެވެ.

މިއީ މިދިޔަ އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަދިޔާކުރި ފައިސާ އެވެ.

ޕާކިސްތާން ހައިކޮމިޝަން ގައި އޮތް ބައްދަލުވުމެއްގައި ޕާކިސްތާނުން އެގައުމުގެ ފަރާތުން މި ފައިސާ އާ ހަވާލުވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޒް އެކްސެލެންސީ ވައިޒް އެޑްމިރަލް (ރ) މުޙައްމަދު ފައްޔާޒް ގިލާނީ އެވެ. ބީސީއެމްގެ ފަރާތުން މި އެހީ ޙަވާލުކޮށްދެއްވީ އެގްޒެކިއުޓިވް ޑިރެކްޓަރ އިބްރާހީމް މުޙައްމަދު އެވެ.

މިއީ ބީސީއެމްގެ ފަރާތުން ބޭއްވި “ޕާކިސްތާނީ ކަލްޗަރަލް ނައިޓް”އާއި ހެޔޮ އެދޭ ފަރާތްތަކާއި ބީސީއެމްގެ މެންބަރުންގެ ފަރާތުން ޕާކިސްތާނުގެ އަންހެނުންނަށް ދީފައިވާ ފައިސާގެ އެހީއެކެވެ. މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ހާލުގައި ޖެހިފައިވާ އަންހެނުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށެވެ.