English Edition
Dhivehi Edition

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސަތީޝް ކޯޝިލް މަރާލީ ޑްރަގް ދީގެންކަމަށް ބުނެ އަންހެނަކު ދިއްލީ ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.

މި މަހުގެ ދިހަ ވަނަ ދުވަހު ހިންދޫ އިން ފާހަގަކުރާ ‘ހޯލީ’ ފެސްޓިވަލް ފާހަގަކުރުމަށް ބިޖްވާސަންގައި ހުންނަ ރައްޓެއްސެއްގެ ފާމް ހައުސްގައި އުޅެނިކޮށް ސަތީޝް މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭނާ މަރުވި ފާމް ހައުސް ފުލުހުން ބަލާ ފާސްކުރުމުގެ ތެރޭގައި މަނާ ބޭސްތަކެއް ފެނިފައިވާ އިރު ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ސަތީޝްގެ މަރާ ގުޅިގެން ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނައިރު ދިއްލީ ފުލުހަށް މައްސަލަ ހުށަހެޅި އަންހެނަކު ވަނީ ސަތީޝް މަރާލީ އޭނާގެ ފިރިމީހާ ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައެވެެ، އަދި އޭނާގެ ފިރިމީޙާ ސަތީޝް މަރާލީ ލާރީގެ މައްސަލައަކާ ގުޅިގެން ކަމަށްވެސް މި އަންހެން މީހާ ވަނީ ބުނެފައެވެ. ސަތީޝްގެ މަރާ ގުޅިގެން އެ އަންހެން މީހާ އޭނާގެ ފިރިމީހާގެ މއްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭނާ ވަނީ ސަތީޝް މަރާލުމުގައި އިތުރު ބަޔަކުވެސް ބައިވެރިވާކަމަށް ބުނެފައެވެ.

ސަތީޝްގެ މަރާ ގުޅިގެން މީގެ ކުރިން ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓްގައި އެއްވެސް މައްސަލައެއް ނެތްކަމަށާއި ސަތީޝް މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.