English Edition
Dhivehi Edition

ސައުދީ އަރަބިއާ ޕްރޮފެޝަނަލް ލީގުގެ އަލް ނަޞްރު ގެ ކުޅުންތެރިންނަށް ފިޒީ ބުއިންތަކާއި ފޮނި ކާތަކެތި ބޭނުން ކުރުން މަނާކޮށްފައިވާ ކަމަށް އެ ޓީމުގެ ކޯޗު ރޫޑީ ގާސިއާ ބުނެފިއެވެ.

ގާސިއާ ބުނީ މިހާރު ކުރިޔަށްދާ ފުޓްބޯޅަ ސީޒަން ނިމެންދެން އަލް ނަޞްރުގެ ކުޅުންތެރިންނަށް ފުޒީ ބުއިންތަކާއި ފޮނި ބާވަތްތަކުގެ ކާތަކެތި ބޭނުން ކުރުން މަނާކޮށްފަައިވާ ކަމަށެވެ. އަދި އެކަން މަނާކުރަން ޖެހުނީ ފިޒީ ބުއިންތަކާއި ފޮނި ކާތަކެތި ބޭނުން ކުރުމުން ކުޅުންތެރިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާތީ ކަމަށް ގާސިއާ ބުނެފައިވެއެވެ.

އޭނާ ބުނީ ފިޒީ ބުއިންތަކާއި ފޮނި ބާވަތްތަކުގެ ކާތަކެއްޗަކީ ކުޅުންތެރިންނަށް ކަމުދާ އެއްޗެއް ނޫންކަމަށާއި އެކަމުގެ ސަބަބުން ކުޚުންތެރިންނަށް ސިއްޚީ އެކި މައްސަލަތައް ދިމާވަމުން އަންނަކަމަށެވެ.

މިހާރު ކުރިޔަށްދާ ފުޓްބޯޅަ ސީޒަނުގެ ނިޔަލަށް ފިޒީ ބުއިންތަކާއި ފޮނިކާތަކެއްޗާއި ދުރުވުމަށް އަލް ނަޞްރުގެ ކުޅުންތެރިންނަށް ކޯޗު ގާސިއާ އަންގާފައިވާއިރު، މި އުސޫލަކީ އެ ލީގުގެ އެހެން ބައެއް ކުލަބުތަކުން ވެސް އަމަލު ކުރަމުން އަންނަ އުސޫލެކެވެ.