English Edition
Dhivehi Edition

ސްޓެލްކޯގެ ޚަރަދުގައި ހައްޖު އަދި ޢުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި އެވެ.

އެގޮތުން އެ ކުންފުނީގެ 4 މުވައްޒަފެއް ވަނީ ހޮވާފަ އެވެ.

މި މުވައްޒަފުން ހޮވާފައިވަނީ ކުޑަގިރީގައި މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ އިތުރުން، ކުންފުނިންދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ހައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުޞަތަށް އިޖާބަދީ ޙައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 96 މުވައްޒަފުން ނެވެ. އަދި އަންހެން 22 މުވައްޒަފުން ނެވެ.

މީގެއިތުރުން ޢުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 262 މުވައްޒަފުން ނެވެ. އަދި އަންހެން 56 މުވައްޒަފުން ނެވެ.

މި މުވައްޒަފުންގެ މެދުގައި ޤުރުއަތުލައިގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ފިރިހެން މުވައްޒަފުންގެ ތެރެއިން ހޮވިފައި ވަނީ ޢަބްދުﷲ ޝަރީފް ، ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓު އެވެ. އަދި އަންހެން މުވައްޒަފަކަށް ހޮވިފައިވަނީ، ޙަދީޖާ ތައުފީޤާ، ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓު އެވެ.

ޤުރުއަތުލައިގެން އުމްރާގެ އަޅުކަން އަދާކުރުމަށް ހޮވިފައިވާ ފިރިހެން މުވައްޒަފަކީ، ޝާހުލް ހަމީދު، ސާރވިސް ސެންޓަރ އެވެ. އަންހެން މުވައްޒަފަކަށް ހޮވިފައިވަނީ، ފާތިމަތު ރިޒްނާ، ޕްރޮކިއުމަންޓް ޑިޕާޓްމަންޓު އެވެ.

ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 5 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.

ޓެގު