English Edition
Dhivehi Edition

ޒުވާން އުމުރުގައި މަންމަ މަރުވެ މަންމަގެ އާއިލާ މީހުންނާ އެކު މާލޭގައި ދިރިއުޅެން ފުރުސަތު ލިބުނެވެ. އަހަންނާ އެއްބަނޑު އެހެން މީހަކު ހުރެއެވެ. އެއީ އަހަރެންގެ ލޯބިވާ ކޮއްކޮއެވެ. އަހަރެމެން ދެބޭންނަކީ ވަރަށް ގާތް ދެބޭންނެވެ. އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން ވަރަށްވެސް ރަނގަޅެވެ. އަހަންނަކީ ކަންފަތަށް އަޑު އިވުނަސް ވާހަކަ ދައްކަން އުނދަގޫ ކަމެއް ހުންނަ އަންހެނަކީމެވެ. އަހަރެންގެ ކޮއްކޮއަކީ ކަންފަތަށް އަޑުނީވޭ ނަމަވެސް ވާހަކަ ބަރާބަރަށް ދެއްކޭ ދޫފަރިތަ މީހެކެވެ.

މަލޭގައި ދިރިއުޅުނީ މަންމަ ފަރާތު ކަމުވޮށިގެންވާ ފުދުންތެރި އާއިލާއަކާ އެކުއެވެ. އެމީހުން އަހަރެމެން ދެބޭންނަށް ވަރަށް ރަނގަޅެވެ. ބައްޕަ ދިރި އުޅެނީ ބައްޕަގެ އުފަންރަށުގައެވެ. މިހެން ދިރިއުޅެމުންގޮސް ބައްޕަގެ ގޯޗެއް އޮތުމާއެކު ބައްޕަ ގެއެއް އެޅުމަށްފަހު އަހަރެމެން ދެމީހުން ރަށަށް ބަދަލުވާން އެދުމުން ދެމީހުންވެސް ބައްޕަގެ އެދުމަށް ރަށަށް ބަދަލުވީމެވެ.

ޅަ އުމުރުން ފެށިގެން ރަށުގައި އުޅެފައި ނުވާތީ ރަށަށް އައި އިރު އެންމެނާވެސް ވަރަށް ބީރައްޓެސެވެ. އެހެން ނަމަވެސް އަވަށްޓެރިން ވީ ވަރަށް ހިތްހެޔޮ ބަޔަކަށެވެ. އަހަރެމެން ދެބޭންގެ އަވަށްޓެރިންގެ ތެރޭގައި ބައްޕައާއި އާއިލީގޮތުން ވަރަށް ތިމާގެ ބަޔަކު ދިރިއުޅޭތީ އެމީހުންނާ ވަރަށް ގާތްވެ އަމިއްލަ މަންމަ އާއި ބައްޕަ ކަމަށް އެމީހުން ދެކި އެމީހުންގެ ދަރިންނަކީ އަހަރެމެންގެ ކޮއްކޮމެންހެން ދެކުނީމެވެ.

މިއީ ރަށަށް ފަރިތަވެ ރަށުގައި ދިރިއުޅުން ފެށުނުގޮތެވެ. ދެކުނުގެ ރަށަކަށް އުފަން ޒުވާން އަންހެނަކު އޭނާގެ ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ އަށް އުފަން ރަށުން ދިމާވި ހިތްދަތި ބިރުވެރި ހާދިސާ ކިޔާދޭން ފެށިގޮތެވެ. މިހާތަނަށް ކިޔައިދިން ވާހަކަތައް ވަރަށް އުފާވެރިއެވެ. ވަހަކަ ދައްކަން އުނދަގޫ ކަމެއް ހުރުމާއެކު އަތުންނާއި ބޮލުން އިޝާރާތް ކުރަމުން އިޝާރާތުގެ ބަހުން އޭނާ އަހަންނަށް އެ ބިރުވެރި ހާދިސާ ކިޔާދޭން ފެށިއެވެ.

ހަޔާތުގައި ކަޅު ލަފައެއް ޖެހި ބިރުވެރިކަން ވެރިވީ ހާދިސާ ހިނގީ މަތީގައި ކިޔާދެވުނު ގޮތަށް އުފާވެރިކޮށް އުޅެމުން ދަނިކޮށެވެ. މިހެން އުޅެމުން ދަނިކޮށް އަހަންނާ އަތިރި މަތިން ދިމާވީ ކުރީގެ “ޗެލީ” ސައިކަލަކުން އައި ދެފިރިހެނަކާ އެވެ. އޭގެން އެކަކު އަހަރެން ރީތި ކަމަށްބުނެ ތައުރީފުކޮށް ވާހަކަ ދެއްކިއެވެ. އަހަންނަށް ވެސް ފުރަތަމަ ފެނިލުމާއެކު އޭނާ އަށް ހިތްދެވުނެވެ. އަދި ޖެހިގެން އައި ދުވަހުވެސް އޭނާ އެތަނަށް އަންނާނެ ކަމަށް ބަލައި ނަލަހެދިގެން އަތިރި މައްޗަށް ދިޔައީމެވެ. މިހެން ބައްދަލުވެ އޭނާ އާއި ލޯބީގެ ގުޅުމެއް އުފެދުނެވެ.

ދެމީހުންގެ ބައްދަލުވުން ދުވާލުން ގޮސް ރޭގަނޑަށް ބަދަލު ވިއެވެ.ފެންވަރައިގެން ރީތިވެގެން ނަލަހެދިގެން އޭނާގެ އިންތިޒާރުގައި އެރޭ މަޑުކުރީ ކުރިއަތް އޮތީ ކޮން ކަހަލަ ބިރުވެރި ކަމެއްކަން ކުޑަކޮށް ވެސް ހިތަށް ނުގެނެވިއެވެ. އެރޭ އޭނާ އަހަންނާ ބައްދަލު ކުރަން އައެވެ. އެހެން ރޭތަކާ ތަފާތު ރެއެކެވެ. އޭނާ އެދުނީ ސައިކަލަށް އެރުމަށެވެ. ސައިކަލަށް އެރީ އޭނާ ދެކެވާ ލޯބިން ކުރެވުނު އިތުބާރަކުންނެވެ. އޭނާ ސައިކަލް ދުއްވީ ވަރަށް ބާރަށެވެ. އޭރު ގަޑިން 11ޖަހަނީއެވެ. އަހަންނަށް ވާންއުޅޭ ގޮތުގެ އެއްވެސް ހިލަމެއް ނުވެއެވެ. އޭނަ އަކީ މިރަށާއި ގުޅިފައި އޮތް ރަށަކަށް އުފަން މީހެއް ކަމުން ސައިކަލްގައި އަހަރެން ގެންދިޔައީ އެރަށު އަތިރި މައްޗަށެވެ. މިލަ ހަނދުވަރު ދީފައިވާ ރެއެއްކަމުން މާބޮޑު އަލިކަމެއް ނެތެވެ. ކުޑަކޮށް ބިރުވެސް ގަތެވެ. ނަމަވެސް ހުރީ ލޯބިވެރިޔާ އާއިއެކު ކަމުން ދިމާވާ ކޮންމެ ކަމަކުން އޭނާ ހިމާޔަތް ދޭނެ ކަމަށް އުންމީދު ކުރީމެވެ.

އޭނާ އަހަންނާ ގާތްވާން ފެށިއެވެ. މަދު ސިކުންތެއްގެ ތެރޭގައި އިތުރު 4 ފިރިހެނަކު އެތަނަށް އައެވެ. ސަލާމަތްވުން އެދި އަހަރެން އާދޭސްކޮށް ހަޅޭއްލެވީމެވެ. ނަމަވެސް އޭގެން އެކަކު އަހަރެންގެ އަނގަމަތީގައި އަތް އެޅިއެވެ. ދެންހުރި މީހަކު ދެފައިގައި ހިފެހެއްޓިއެވެ. އަނެއްމީހާ ދެއަތުގައި ހިފެހެއްޓިއެވެ. ހަށިގަނޑަށް ލެވުނު ބާރެއްލާފައި ސަލާނަތް ވާން މަސައްކަތް ކުރީމެވެ. އަހަރެންގެ ލޯބިވެރިޔާ ފެށީ އަހަރެން ރޭޕް ކުރާށެވެ. އަތިރިމަތީގައި ހުރި ކަށިވެލި މަތީގައި ބޭއްވުމަށްފަހު ހިފަހައްޓާ ފަހަރަކު މީހަކަށް އަހަރެން ރޭޕްކުރަމުން ދިޔައެވެ. އަހަންނަށް އަނގަ ނުހުޅުވެއެވެ. އަތްފައި ގުޑުވާ ނުލެވުނެވެ. އެމީހުން އަހަރެން ރޭޕްކޮށް ނިންމައިފިއެވެ. ލޯބިވެރިޔާ ކަމަށް ދެކުނު ނުލަފާ މީހާ އަހަރެން ރޮއެރޮއެ އޮތް ހާލުގައި އެތަނަށް ދޫކޮށްލާފައި ބައިވެރިންނާއެކު ފިލިއެވެ. އެރަށަށް އާމީހެއް ކަމުން އަހަރެން ދާނެ ނުދާނެ ތަނެއް ނޭނގި، ވީދިފައި އޮތްހެދުން ލައިގެން އޮރިޔާން ނިވާނުވާ ހާލުގައި ހުރެ ހިނގައިގަތީމެވެ. އަދި ރަށުތެރެއަށް އަރައި ކޮންމެވެސް ވަރަކަށް ދަންނަ ގެއެއްހެން ހީވި ގެއަކަށް ވަދެ އެގޭގެ މީހުންނަށް ގޮވީމެވެ. އެވަގުތު ގަޑިން މެންދަމު 3 ޖެހީއެވެ. އެގޭގެ ދޮރަށް ޓަކި ޖެހުމުން އެގެއިން އަންހެނަކު ނިކުމެ އަހަރެން ހުރިހާލު ފެނިފައި ޓީޝާޓަކާއި ހަރުވާޅެއް ދިނުމަށްފަހު ސައިކަލަށް އަރުވައިގެން އަހަރެންގެ ރަށަށް ގެންގޮސް ގޭކައިރިއަށް ބޭލިއެވެ.

ދެފައި ދަމަމުން ވަރުބަލި ކަންމަތީ ވޭނުގައި ބިރުން ހުރެ އަހަރެން ގެއަށް ވަނީމެވެ. އޭރު އަހަރެން ގެއަށް ނައައިސްގެން ވީނުވީއެެއް ނޭގިގެން ކޮއްކޮ އާއި ބައްޕަ ނުނިދާ ތިއްބެވެ. އެ ޒަމާނަކީ މޯބައިލް ފޯނު ހުންނަ ޒަމާނެއް ނޫނެވެ. ކޮއްކޮ އާއި ބައްޕަ އަށް އަހަރެން ފެނުމުން ވެފައިވާ ގޮތް އެނގުނެވެ. ރަށު މަރުކަޒަށް އަހަރެން ގެންގޮސް އެތާ އެޑްމިޓްކޮށް ފަރުވާދޭން ފެށިއެވެ. މަރުކަޒުގައި ހަފްތާ އެއްހާ ދުވަސްވަންދެން ބާއްވައިގެން ފަރުވާދިނެވެ.

އަހަރެން ސަލާމަތްވާން ކުރި މަސައްކަތުގައި އެ ގާތަކުގައި ޖެހި ބުރަކަށި ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައެވެ. އަަދި ރޭޕް ކުރުމުން ލިބުނު އަނިޔާތައް ބޮޑުކަމުން ރަނގަޅަށް ހިންގެން ފެށީވެސް ދުވަސް ކޮޅަކުންނެވެ. އަހަރެންގެ ބައްޕަ އާއި ކޮއްކޮގެ އިތުރުން އަހަރެމެން ދެވަނަ މަންމަ އަދި ބައްޕަ ކަމަށް ދެކެމުން އައި ދެމަފިރިންނާއި އޭނާގެ ދަރިންގެ އެހީ ވަރަށްބޮޑަށް ލިބުނެވެ. އެންމެންގެ އޯގާތެރި ކަމާއެކު އެވޭނުން ސަލާމަތްވިއެވެ.

އެހާދިސާއަށް ފަހު އަހަންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކުރިއެވެ. ލޯބިވެގެން ރައްޓެހިވީ މީހާ ދިން އަނިޔާއިން އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭ ވަރަށް މީހާގެ ހާލަތު ގޯސްވިއެވެ. ގެއިން ނުނިކުމެ އުޅެންފެށުނެވެ. ދުނިޔެ މަތިން ފޫހިވިއެވެ. ރަށުގައި އުޅޭހިތް ކެނޑުނެވެ. ހިތަށް އެރިއެވެ. މި ރަށުން ފުރައިގެން އެެހެން ދިމާލަކަށް ދެވޭނީ ކޮންދުވަހަކުން ބާއެވެ. މިކަންތަކުން އަރައި ނުގަނެވެނީސް އަހަރެންގެ ބައްޕަ ނިޔާވިއެވެ. އިތުރަށް އެކަނިވެރި ވިއެވެ. ދުވަސްތައް މިހެން ހޭދަކުރަމުން ދަނިކޮށް އަހަރެންގެ ދެވަނަ މަންމަގެ ބޭބެ އެއް އެދުނީ އަހަރެން އޭނާގެ ގެއަށް އޭނާގެ އަނބިމީހާ ކައިިރިއަށް ފޮނުވުމަށެވެ.

އަހަރެން އެ ދައުވަތު ގަބޫލު ކުރީ ވަރަށް އުފަލުންނެވެ. އަލްހަމްދުލިއްﷲ މިއަދު އަހަރެން އެގޭގައި ދިރިއުޅެނީ އެގޭ ދެމަފިރިންގެ ދަރިއެއް ފަދައިންނެވެ. އަހަރެން ކަހަލަ މަންމަނު މިހަކާ ކައިވެނިކޮށް ލޯބި ދެދަރިން ލިބިއްޖެއެވެ. ޒުވާން އުމުުރުގައި ދިމާވި ބިރުވެރި ހާދިސާ އިން ކޮންމެވެސް ވަރަކަށް އަރައި ގަނެވިއްޖެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއަިން އެހނަދާން ވެއެވެ، އަހަރެންނަށް އަނަހެން ކުއްޖަކު ލިބިފައިވާތީ އެފަދަ ކަމެއްދިމާވިޔަ ނުދޭން އަޒުމް ކަނޑަ އަޅައިފީމެވެ.އެހާދިސާ އަށްފަހު ދުވަހަކުވެސް އުފަން ރަށަށް އަންނަން ބޭނުން ނުވެއެވެ. ކޮންފަދަ ބިރުވެރި ހާދިސާއެއް ހެއްޔެވެ.

އޭނާ ރޭޕްކުރި މީހުން އެމައްސަލައިގައި ހުކުމްކޮށް ވަނީ ޖަލަށް ލައިފައެވެ.

އެ ދުވަހު ރޭޕްގެ ޝިކާރައަކަށް ވި އަންހެން މީހާ މިއަދު އެ ވަނީ ދިރިއުޅުމެއް ފަށާފައެވެ. އަންހެނުންގެ ހިތްވަރު ގަދަކަން ދެކި ބަލާށެވެ! އެ ބިރުވެރި ހާދިސާގެ ހަނދާންތައް ދުވަހަކު ނުފިލި ނަމަވެސް އެ ހާދިސާއިން އޭނާ އެ ވަނީ ހިތްވަރު ހޯދާފައެވެ.

3 ކޮމެންޓް
Naseema Ziyad
މާޗް 26, 2023
ތ.ގުރައިދޫގަ ވެސް އެއްބަނޑު މީހެއް, ތިމާގެ މީހެއް ނުބަލާ ފާހަނާ ބަލާ, ކައިވެނި ހެޔޮނުވާވަރު ތިމާގެ މީހުންގެ ކުަޑަ ދަރިންނާ, އަމިއްލަ ދަރިންނާ އެއްބަނޑު ކޮއްކޮއިން ބެހި ހަދާ މީހުން 40ހަކަަށް އަހަރު ކުރިން ފެށިގެން ވަރަަށް ގިނައިން އުޅޭ. އަތޮޅު އެންމެން ދަންނަ ބޮޑު ސިއްރު އެއީ. ނަންވާނީ ޑުރަގު. އެކަމަކު މަސްތުވާތަކެތި އާއްުމު ވުމުގެ މާ ކުރިން އެރަށު އަތޮޅު މަދަރުސާގަ ކިޔަވަން އުޅުނު އިރު އެކަން ރަޖުރިބާ ކުރިން. އެރަށު މީހުންގެ ހައްލަކީ ކޮއްކޮޔާ ބެހޭ ބޭބެ ސިއްރު ކޮއްލާފަ އެމަންޖެ އަވަަހަށް މީހަކާ ދެވުން. އެކުދިންވެސް ސަލާމަތްވާން އެގޮތް ޚިޔާރުކުރަަަނީ. މަ އެރަށުން ނުކިޔެވިގެން މަންމަ ގާތުގަ ރަަށައް އަންނަން ކީމަ މަންމަ މަގާތަށް އައީ. އައި ދެވަަ ދުވަހު މަންމައަށް ފެނުނު މަންޒަރުން އެންމެ އަވަހަށް ފުރާ އެއްޗެއްގަ މަ ގޮވައިގެން ރަަށަށް އައީ. އޭގެ އެތަށް އަހަރު ފަހުން އިހަކަަށް ދުވަހު ވަޒީފާގެ ކަމަކު އެރަަށަށް ދާންޖެހުނު. ބިރުން ދިޔައީ ފިރިމީހާ ގޮވައިގެން. ހަމަ އެ ސަދޫމު ރަަށް. ކުރީގެ މީހުން އެގޮތުގަ. މުޅި ރަށުގަ މަސްތުވާތަކެތި. ސުކޫލު އުމުރު ހިތާވެގެން ރޭގަނޑު އަތިރިމަތީގަ. ކުދިންނާ ޒަމާނުއްސުރެ ބެހޭކަން އިނގޭ މީހުން ކުދިން ފެންނަފަށުގަ ހުރި.
ދަނާ
މާޗް 8, 2023
ލ. މާބައިދޫ އަންމަޑޭ ރޭޕިސްޓެއް. އެތައް ކުދިންނެއް ރޭޕްކުރި މިހާރު 40 ން މަތީގަ އޭނަ އުޅޭނީ، އެއީ ޓްވިންސް ހާލިދާ އާއި ހާމިދުގެ ތިމާގެ އަންމަޑޭ
ސަރީ
މާޗް 8, 2023
ލ. މާބައިދޫ އަންމަޑޭ (އަޙްމަދު، ޓްވިންސް ހާލިދާ އާއި ހާމިދު ގެ ތިމާގެ އަންމަޑޭ) އަކީވެސް ވަރަށް ގިނަ އަންހެންކުދިން ޒަމާނުއްސުރެ ރޭޕް ކުރަމުން އަންނަ ވަރަށް ރަހުމްކުޑަ ދެބައި އުމުރުގެ މީހެއް ( މިހާރު 40 އަހަރަށްވުރެ ބޮޑުވާނެ). އެންމެންވެސް ސަމާލުވޭ.