English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު) ގެ 34 ވަނަ އަހަރީ އާންމު ޖަލްސާ 20 މާރިޗު 2023 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:15 ގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ “ހައިބްރިޑް” ކޮށްކަމަށްވާތީ، ޖަލްސާގައި ޙިއްޞާދާރުންނަށް “ފަހިވޯޓް” މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން ބައިވެރިވެވޭނެ ކަމަށެވެ.

ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާނީ:

ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަން: 3 މާރިޗު 2023 ވާ ހުކުރު ދުވަހުގެ 14:15 އިން 19 މާރިޗު 2023 ވާ އާދީއްދަ ދުވަހުގެ 13:00 ގެ ނިޔަލަށް

ޕްރޮކްސީންގެ ރެޖިސްޓްރޭޝަން: 3 މާރިޗު 2023 ވާ ހުކުރު ދުވަހުގެ 14:15 އިން 18 މާރިޗު 2023 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް

ވީމާ، 14 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ދިރާގުގެ ޙިއްޞާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަށް ދައުވަތުވަނީއެރުވިފަ އެވެ.

ދިރާގުން ވަނީ ޖަލްސާ މާލަމަށް ވަޑައިގެން ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު 150 ހިއްސާދާރުންނަށް ލިމިޓްކޮށްފަ އެވެ.

އެހެންކަމުން ޖަލްސާކުރާ މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ޙިއްޞާދާރުންގެ ތެރެއިން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލަމަށް ޙާޒިރުވެގެންވަޑައިގެންކަން ނުވަތަ އޮންލައިންކޮށްކަން، އެފަރާތްތަކަށް 19 މާރިޗު 2023 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން އެންގޭނެ އެވެ.

މިޖަލްސާގެ ނޯޓިސް އަދި ދިރާގުގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާގުގެ ވެބްސައިޓުގައި 3 މާރިޗު 2023 ގައި ޝާއިއުކޮށްފައިވާނެ އެވެ. އަދި މި ލިންކުން https://bit.ly/3t8KAhS އަހަރީ އާންމު ޖަލްސާއާއިގުޅޭ މައުލޫމާތު ލިބިވަޑައިގަންނަވާނެ އެވެ.

ޓެގު