English Edition
Dhivehi Edition

“އާގަލާ” ބޯޓުގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އާގަލާ ބޯޓުގައި އަލިފާން ރޯވީ މ. އަތޮޅު ތުވަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެ ސަރަހައްދުގައި ސެންޓްރަލް އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

އެ ބޯޓަކީ މާލެ ދަތުރު ކުރާ ބޯޓެއްގައި ކަމަށާއި އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި މީހުން ކަނޑަށް ފުންމާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.

އެމްެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ 02:47 ހާއިރު ކަމަށެވެ.

އެ ބޯޓުގައި ތިބީ 15 މީހުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެއީ 5 ދިވެހިންނާއި ބަންގްލަދޭޝް 5 މީހުންނާއި އިންޑިއާ 5 މީހުން ކަމަށާއި އޭގެތެރެއިން އެކަކު ނުފެންނަ އަދިނުފެންނަ ކަމަށް ވެސް ބުންޏެވެ. ނުފެނިވަނީ ނުފެނި އިންޑިއާ މީހެއް ކަމަށް ވެސް ބުންޏެވެ.