English Edition
Dhivehi Edition
އެމްއެންޕީ ރަޖިސްޓަރީވުމަށް ފަހު ޕާޓީގެ ލީޑަޝިޕުން ބޭއްވި ބައްދަލުވުން ފޮޓޯ:އެމްއެންޕީ

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓަކު ވާދަކުރާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ނިންމުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ، މި ގޮތުން ޕާޓީގެ ޓިކެޓަށް އެދޭ ޕާޓީގެ މެމްބަރުން އަންނަ އަންގާރަ ދުވަހުގެ 14:00 ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އަވަހާރަވުމާ ގުޅިގެން މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު އެޕްރީލް 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި އިންތިހާބުގައި ވާދަކުރާނެކަން އެމްޑީޕީއިން ހާމަކޮށްފައިވާއިރު އެ ޕާޓީގެ ޕްރައިމަރީގައި 4 ބޭފުޅުން ވާދަކުރައްވައެވެ، ގުރައިދޫ ދާއިރާއަށް ވާދަކުރުމާއި ގުޅޭ ގޮތުން އެމްޑީޕީ އާއި އެމްއެންޕީގެ އިތުރުން އެހެން ޕާޓީ އަކުން އަދި ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.