English Edition
Dhivehi Edition

ދައުލަތުގެ ބޭނުމަށް ހުޅުމާލެއިން 17 ބިމެއް ސަރުކާރުން ގަނެފިއެވެ.

ސިވިލް ކޯޓުން އިއްޔެ ނެރުނު ގަޟިއްޔާގައި ވާގޮތުން އެޗްޑީސީގެ ނަންމަތީގައި ހުޅުމާލޭގައި ހުރި 17 ބިމުގެ އަގަށްވާ 878 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ އެޗްޑީސީއަށް ދައްކާފައެވެ. ދައުލަތުން ގަތް ބިންތަކުގެ ތެރޭގައި ހިމެނެނީ 15،000 އަކަފޫޓާއި 60،000 އަކަފޫޓުގެ ދެމެދުގެ ގޯތިތަކެވެ.

މިއީ ދައުލަތުގެ ބޭނުމަށް ނަގާ ބިންތަކެއް ނަމަވެސް، އެ ބިންތަކުގައި ކުރާނެ މަސައްކަތްތަކުގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން ގަނެފައިވާ ބިންތަކަށް ފައިސާ ދައްކާފައިވާތި ސިވިލް ކޯޓުން ވަނީ މި ހަފްތާގެ ތެރޭގައި އެ މުއާމަލާތް ސައްހަ ކަމަށް ނިންމައި، އެ ބިންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބިފައިވާކަމަށް ކަނޑައަޅާފައެވެ.
މީގެކުރިންވެސް ދައުލަތުގެ ބޭނުންތަކަށް ސަރުކާރުން ވަނީ ހުޅުމާލެއިން ބިން ގަނެފައެވެ..