English Edition
Dhivehi Edition

މިރޭ މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.

ތޫނު އެއްޗަކުން ހަމަލާދީ މިރޭ ޒަޚަމް ކޮށްލާފައިވަނީ އުމުުރުން 30 އަހަރުގެ ފިރިހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ :9:30 ކަންހާއިރު، މާފަންނު ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައެވެ. ޒަޚަމަވި މީހާ މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް މައުލޫމާތު ލިބެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު، އޭނާއަށް ދީފައިވާ ޒަޚަމްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ތަޅުމުގެ މައްޗަށް އޮހޮރިފައިވާ މަންޒަރު ފެނެއެވެ.

މި މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަޚަމް ކޮސްލާފައިވަނީ ކޮންބައެއްކަމެއް އަދި ކީއްވެ ކަމެއް ސާފެއް ނުވެއެވެ.