English Edition
Dhivehi Edition

އޮންލައިންކޮށް ކިޔަވަން ޝައުޤުވެރިކަން ހުންނަ ދަރިވަރުންނަށް އަމާޒުކޮށްގެން “އޮންލައިން އިންޓޭކް”ގެ ނަމުގައި ޚާއްޞަ އިންޓޭކެއް މެޕްސް ކޮލެޖުން ތަޢާރަފްކޮށްފިއެވެ. މިއަހަރުގެ އޭޕްރިލް މަހުގެ 30ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިކޯހަކީ ހަމައެކަނި އޮންލައިންކޮށް ހިންގާ ކޯހެކެވެ. އެހެން އިންޓޭކްތަކާއި ޚިލާފަށް މިފަހަރު ހުޅުވާލެވިފައިވަނީ މެޕްސް ކޮލެޖުން ހިންގާ އެންމެ ކާމިޔާބު އެއް ކޯސް، ބެޗެލާސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުގައި ބައިވެރިވުމަށެވެ.

ބެޗެލާސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލެވިފައިވާ ކޯހެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ)އިން ޤަބޫލުކުރާ އެމް.އެން.ކިއު.އެފް ލެވެލް 7ގެ މިކޯހަކީ، ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ ‘ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް’ ގެ ދަށުން ހިލޭ ކިޔެވޭނެ ކޯހެކެވެ. މެޕްސް ކޮލެޖުން މިފަދަ ކޯހެއް ތަޢާރަފްކުރުމުގެ އެންމެބޮޑު އެއް ބޭނުމަކީ، މިއަހަރުގެ ޖެނުއަރީ މަހުގެ އިންޓޭކްގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބުނު ފަރާތްތަކަށް އެފުރުޞަތު ހޯދައިދިނުމެވެ.

މިކޯހުގެ ކޯސް ފީ ބަހާލެވިފައިވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ. އޭލެވެލްގެ ދެ ފާހާއެކު މިކޯހުގައި ބައިވެރިވެވޭއިރު މިއީ އޮންލައިންކޮށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށީގެންވާނެ އެއް ކޯހެވެ. މިކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv މެދުވެރިކޮށް ލިބިގެންދާއިރު، މަތީ ތަޢުލީމު ޙާޞިލުކުރުމުގައި ކުރިޔަށްދާންވީ ދާއިރާއެއް ޚިޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަންވެސް މެޕްސް ކޮލެޖުން ފޯރުކޮށްދޭނެއެވެ. މެޕްސް ކޮލެޖުގެ ނަމްބަރު 3314621 ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް މިކަމުގައި މެޕްސް ކޮލެޖުގެ އެހީތެރިކަން ހޯދިދާނެއެވެ. ކޯސްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ އެޕްރީލް މަހުގެ 16 ވަނަ ދުވަހެވެ.

2019ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތަޢުލީމު އުނގަންނައިދިނުގެ ޚިދުމަތް މެޕްސް ކޮލެޖުން ދެމުން އަންނަ އިރު މެޕްސް ކޮލެޖުގެ އޮންލައިން ކޯސްތަކަކީ، އަތޮޅުތެރޭގައި ދިރިއުޅޭ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކޯސްތަކެކެވެ. މެޕްސް ކޮލެޖަކީ 1999ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ތަޖުރިބާހުރި އެއްކޮލެޖެވެ.