މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން އަންނަ މަހު ބޭއްވުމަށް ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން 02 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ 110 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރަކުވެސް ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ލާޒިމްކުރެއެވެ.