English Edition
Dhivehi Edition
މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަމުންދާ މުޙައްމަދު ވާފިރު (49އ) - ފޮޓޯ: ޕޮލިސް

މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ހޯދަމުންދަނީ މ. މުލި، ޖޭމުގަސްދޮށޫގެ، މުޙައްމަދު ވާފިރު (49އ)، އައި.ޑީ ނަންބަރު: A042074 އެވެ. ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އޭނާ ހާޒިރުކުރަނީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކޮށް މައުލޫމާތު ސާފުކުރުމަށް ކަމަށާއި، ހާޒިރުވާން ޖެހެނީ 26 ފެބުރުވަރީ 2023ގެ 11:00 އަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ކަމުގައިވެސް ފުލުހުން ހާމަކުރެއެވެ.