English Edition
Dhivehi Edition

ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންއެރައިވަލް ވިސާ ދޭން ސޮއިކުރި އެއްބަސްވުމަށް ޢަމަލުކުރަން ފަށައި، އޮންއެރައިވަލް ވިސާ ދޭން ފަށައިފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީމް މިއަދު ކުރި ޓްވީޓެއްގައި ވަނީ އޮންއެރައިވަލް ވިސާ ދިނުމަށް ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް ޢަމަލުކުރަން ފަށާފައިވާކަމަށް ބުނެފައެވެ.

ޗައިނާގެ ރައްޔިތުންނާއި އަދި ދިވެހިންނަށް އެއްގައުމު އަނެއް ގައުމަށް ދަތުރުކުރާއިރު، 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތުގެ އޮން އެރައިވަލް ވިސާ ލިބޭނެކަމަށާއި މީގެތެރޭގައި ފަތުރުވެރިންނާ، ވިޔާފާރި އަދި އާއިލާއަށް ދަތުރުކުރާ މީހުންނާއި، ޓްރާންސިޓް ކުރާ މީހުންނަށްވެސް، ކުރިއާލައި ވިސާ ނަގަން ނުޖެހި އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް އެމްބަސީން ބުނެއެވެ. ނަމަވެސް މަސައްކަތުގައާއި، ދިރިއުޅުން ބަދަލުކުރުމާއި، ނޫސްވެރިކަން ފަދަ މަސައްކަތްތަކުގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާ މިހުން ކުރިއާލައި ވިސާ ނަގަން ޖެހޭނެއެވެ. އަދި ހަމަކުރަންޖެހޭ ލިޔެކިޔުންތައް ހޯދަން ޖެހޭނެއެވެ

މިއީ މިދިޔަ އަހަރު ރާއްޖެއާއި ޗައިނާއާއި ދެމެދު ވެފައިވާ ވިސާ ފްރީ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ނަމަވެސް ކޮވިޑްގެ ޙާލަތާ ގުޅިގެން މިކަން އެ އެއްބަސސްވުމަށް ޢަމަލުކުރުން އޮތީ ފަސްކޮށްފައެވެ.