English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީގައި ހަދަމުންދާ މަގުތަކުގެ ޑިޒައިން ބަދަލުކުރުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަސައްކަތް ލަސްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވަނީ އެ ސިޓީއަށް ވަޑައިގަންނަވާފައެވެ. އަދި އައްޑޫ ސިޓީގެ މަގު ހެދުމާއި ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި ހަދަމުންދާ މަގުތަކުގެ ޑިޒައިން ބަދަލުކުރުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ކުރާ އިންޑިއާގެ އެފްކޯންސް ކުންފުންޏާއެވެ.

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ފެންވަރު ދަށްކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު މީގެކުރިން ސިޓީ ކައުންސިލުން ވަނީ މަގު ހެދުމާ ގުޅޭގޮތުން ރައްޔިތުންގެ ފަރާތުން ލިބޭ ޝަކުވާތަކަށް ކައުންސިލުން “އެޓެންޑްވަމުން” އަންނަ ކަމަށެވެ.