English Edition
Dhivehi Edition

އެމްޑީޕީގެ ކޮންގްރެސް މި އަހަރު ބޭއްވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ

މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެމްޑިޕީ އިން ކޮންގްރެސް ބޭއްވުމަށް ނިންމާފައިވީ ނަމަވެސް ސަރުކާރުން ޕާޓީ އަށް ދޭން ޖެހޭ ފައިސާ ނުލިބޭތީ އޭރު ކޮންގްރެސް ނުބޭއްވުނީ ކަމަށް އެމްޑީޕީން އިންވަނީ ބުނެފައެވެ. މިދިޔަ މަހު ސަރުކާރުން ޕާޓީތަކަށް ފައިސާދޫކޮށްފައިވާ އިރު، އެމްޑީޕީއިން ބުނެފައިވާ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ލިބިފައިވާކަމަށާއި އެހެންނަމަވެސް ކަންތައްތައް ހުރިގޮތުން ކޮންގްރެސް ބޭއްވެން ނެތްކަމުގައެވެ

ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ 27 މިލިއަން ރުފިޔާގެ ތެރެއިން އެމްޑީޕީ އަށް 7.4 މިލިއަން ރުފިޔާ ލިބިފައިވާއިރު އެ ޕާޓީން ބުނެފައިވަނީ ސަރުކާރުން ދޫކޮށްފައިވާ ފައިސާ ޚަރަދު ކުރާނީ މި އަހަރުގެ މިހާތަނަށް އެ ޕާޓީ ހިންގުމަށް ހޭދަވި ފައިސާ ދެއްކުމަށް ކަމަށެވެ. އަދި ޕާޓީގެ ކޮންގްރެސް ބާއްވާނީ އެކަމަށް ޚާއްސަކޮށްފައިވާ ފަންޑަށް ފައިސާ ލިބުމުން ކަމަށާއި ފަންޑަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އެމްޑީޕީއިންވަނީ ބުނެފައެވެ

އެމްޑީޕީ ކޮންގްރެސް އަށް އެ ޕާޓީން 2.8 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު ޕާޓީގެ ކޮންގްރެސްގައި އެންމެ މުހިންމު ކަމަކަށް ނިންމަންޖެހިފައިވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމެވެ

ޓެގު