English Edition
Dhivehi Edition

އައްޑު ސިޓީ މަރަދޫފޭދޫ މީހަކު، މާލެއިން ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ހޯދަމުން ދަނީ ސ. މަރަދޫފޭދޫ / ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް (31އ) ކަމަށެވެ. އަދި އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ފެބުރުއަރީ 5 ވަނަ ދުވަހު ކަމަށެވެ.

މާލޭގައި ދިރިއުޅެމުން އަންނަ އާސިރު، އެންމެ ފަހުން ފެނިފައިވަނީ ފެބުރުއަރީ 4 ވަނަ ދުވަހުގެ 19:30 ހާއިރުކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ބުނެއެވެ.

އެންމެ ފަހުން އޭނާ ފެނުނުއިރު ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މުޙައްމަދު އާސިރު އިސްމާޢީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.