English Edition
Dhivehi Edition

” ނައިނާ” އަޔާންއަށް ނައިނާގެ ނަން ކިޔާލެވުނެވެ. ނައިނާއަށް އަޔާން ފެނުމާއެކު ވީގޮތެއްވެސް ބުނެދޭކަށް ނޭނގުނެވެ. އަޅެ އަބަދު ކީއްވެތަ މީނަޔާ މި ދިމާވަނީ… ނައިނާ ހިތާހިތުން ކިޔާލިއެވެ. އެކަމަކު އަޔާން ހާދަ ރީއްޗެވެ. ވަރަށް ފިރިހެނެވެ. ނައިނާ ލަދުގަތް ނަމަވެސް އަޔާންގެ ލޮލަށް ބަލަން ހުއްޓެވެ. ލަދުގަތީ އަޔާންއެވެ. އަޔާން އިސްދަށަށް ޖަހާލީ ދަރިއަކު މަންމައަށް ކިޔަމަންވާ ފަދައިންނެވެ.

ވާރޭވެހުން ހުއްޓާލައިފިއެވެ. ނާމީ އަޔާން ކޮބައޮތޯ ބެލުމަށް އެހުރިތަނުން ނުކުމެ ހިނގަން ފެށިއެވެ. ވަކި ހިސާބަކުން ނާމީއަށް ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވިއެވެ. މަޑުމަޑުން ހިނގަމުން ގޮސް އެމީހުނާ އަރާ ހަމަވިއެވެ. ” ނާމީ ކަރުކެހިލިއެވެ. އަޔާންއާ ނައިނަ ސިއްސައިގެން ދިޔައެވެ. ” ހީވަނީ މަސްއައިން ރަނގަޅުހެން،، އެން އުކާކަށްވެސް ޖެހޭނެހެނެއް ހިޔެއް ނުވޭ! އަހަރެން ދަނީ އިނގޭ،،، ރަށަށް ލެފުނީމަ ޚަބަރެއް ވައްޗޭ!” ނާމީ އެދެމީހުނާ ދިމާކޮށްލުމަށް ފަހު ހިނގައިގަތީ ގެއާ ދިމާއަށެވެ.

” އަހަރެންގެ އަތަކުން ދުލެއް ނުކުރާނަންތަ؟ އަޔާން އެހެން ބުނުމުން ނައިނާއަށް ބަލާލެވުނީ ނައިނާގެ އަތަށެވެ. ” އޯ ސޮރީ” ނައިނާ އަވަސް އަވަހަށް އަޔާންގެ އަތުން ދޫކޮށްލިއެވެ. އަދި އެތެރެއަށް ވަންނަން އެނބުރިލިއެވެ. އަޔާން އޭނާގެ އަތުގައި ހިފިއެވެ. ނައިނާއަށް ކުއްލި ސިހުމެއް ގެނުވިއެވެ. ” ނައިނާ” މަސްތުން ފުރިގެންވާ އަޑަކުން އަޔާން ގޮވާލިއެވެ. ” އަޅެ އަހަރެންގެ އަތުން ދޫކޮށްލަދީ! މީހަކަށް ފެނިދާނެ! ” ނައިނާގެ އަތުގައި މިހިފީ ދޫކޮށްލާކަށް ނޫން، މުޅި ޢުމުރަށް އެކީ އުޅެން! ނައިނާ އަހަންނަށް ނައިނާދެކެ ލޯބި ވެވިއްޖެ،، ހަމަހުވާކޮށްފަ މިބުނީ،،، ވަރަށް ބޮޑަށް ލޯބިވެވިއްޖެ! އިންތިހާއަށް ލޯބި ވެވިއްޖެ! ނިދުނަސް ހުވަފެނުގަވެސް ފެންނަނީ ނައިނާ، ހޭލާ ހުއްޓަވެސް ކުރިމަތިން އަބަދުވެސް ނައިނާގެ ސޫރަ ފެންނަނީ،،، އަހަރެން މިހާމަކުރީ ހިތުގެ އެންމެ އަޑިން ހަގީގަތް،،،ނައިނާ ކޮންމެސް އެއްޗެއް ބުނޭ! ނައިނާ ބުނާނީ ވަކި ކީކޭހެއްޔެވެ!

ނައިނާއަށްވެސް އަޔާން ވަރަށް ކަމުދެއެވެ. އޭނާގެ އެހުންނަ މަޑުމައިތިރި ސިފަ ނައިނާއަށް ވަރަށް ކަމުދެއެވެ. މިރޭވެސް އަޔާން އެއްވެސް ދޮގަކާ ނުލައި ހިތުގެ އުދާސްތައް ބޭރުކޮށްލީ ނުހަނު ތެދުވެރި ކަމާއެކުގައެވެ. ” ނައިނާ އެއްޗެއް ބުނަންވެގެން އުޅުނެވެ. ” ދަރިފުޅާ ނައިނާ،،، އަދިވެސް ދޮރާށި ކައިރީގަތަ؟ ދެން ވަދެބަލަ އެތެރެއަށް! ނައިނާގެ މަންމަގެ އަޑު އިވުނެވެ. ” އަހަރެން ދަނީ! އަތުން ދޫކޮށްލާ! ” ކޮންމެވެސް ޖަވާބެއް ދިނީމަ ދޫކޮށްލާނީ! އާދޭސްކޮށްފަ މިބުނީ ނައިނާ! ކޮންމެވެސް ޖަވާބެއްދީ! ” މާދަމާރޭ އަށްގަޑިބަޔަށް އުތުރުފަރާތު ބަނދަރަށްދޭ! ދެން ދަނީ… މަންމަ ހުންނާނީ މިހާރު ރުޅިއަސްކަންނޭނގެ! ” ޕްލީޒް އަތުން ދޫކޮށްލާ! އަޔާން ނައިނާގެއަތުން ދޫކޮށްލިއެވެ. އަދި ވަރަށް އުފަލުންހުރެ ގެއާ ދިމާއަށް ދިއުމަށް ހިނގައިގަތެވެ. އަޔާން ހުރީ ވަރަށް އުފަލުންނެވެ. ގެއަށް ދިއުމުގެ ބަދަލުގައި ގުޅީ ނާމީއަށެވެ. ” ކޯއްޗެއް ކާނީ މިރޭ ނާމީ ބުނިއެއްޗެއް ކާންދޭނަން! ” އަސްތާ ހާދަހީވޭ މަހާ އޮޑިޔާވީހެން، ކީހާޅެން ފަރިއްސަކަށް ނުވިތާދޯ! ހިނގާ ހިނގާ ވަރަށް ހައިވެއްޖެ! ނާމީއާ އަޔާންއާ ދެމީހުން ތިބީ ކާށެވެ. ކަންވީގޮތް އަޔާން ނާމީއަށް ކިޔައިދިނެވެ. ދެން އޮތީ މާދަމާރެއަށް އިންތިޒާރު ކުރުމެވެ. ” ނައިނާ އަހަންނާ ރައްޓެހިވާނެބާ! މިރޭ ޖަވާބު ދިންގޮތުން އަހަރެން މިހުރީ ވަރަށް އުފަލުން! ” ޔާރައްބީ މަށަށް ހަމަ ޔަޤީން ނައިނާއަށް ނޫނެކޭ ބުނާކަށް ނުކެރޭނެކަން، އެއަށްވުރެ މާ ބޮޑަށް މިރޭ އަޑިއަށް ފޭބިތަން ދުށިން،އަނެއްކާވެސް ނާމީ ދިމާކޮށްލިއެވެ. އެނގެއެއްނު ޕިންކުވިލާ އަޔާނީއަށް ވީގޮތް، އަދިވެސް މީހަކާ ނީންނަން އެހުންނަނީ އަޔާންގެ އަތުގައި ޖެހުނު ދުވަހު ވެވުނު ވަރުގަދަ ލޯބީގެ ޖަޒުބާތުގަ ޖެހިގެން، ދެން ވިސްނާލަބަލަ ނައިނާއަށް ވާނެވަރު! ” ސާބަހޭ ނާމީ ހުއްޓާނުލާތި! އަހަރެން ބުނީމެއްނު އަޔާނީ ގާތުގަ އަހަރެން ލޯތްބެއް ނުވެޔޭ،، އަހަންނަން އިންތިޒާރު ނުކުރާށޭ! އެކަމަކު ނައިނާދެކެ އަހަންނަން ލޯބިވެވުނީ! އެލޯބި ހޯދަން އަހަރެން ކޮންމެފަދަ ޤުރުބާނީއެއްވެސް ވާން މިހުރީ ތައްޔާރަށް! އެރޭ ވަރަށް ގިނައިރުވަންދެން ނާމީއާ އަޔާން އެ ހޮޓަލުގައި ތިއްބެވެ. މާދަމާރޭ ވާނެ ގޮތަކާމެދު އަޔާން ފިކުރު ކުރަން ހަދައިގެން އެކަތިކޮޅުވެސް ނުކެވުނެވެ.

އާ ދުވަހަކަށް އިރުއަރައިފިއެވެ. އަޔާން އަވަސްއަވަހަށް ތައްޔާރުވެގެން އޮފީހަށް ދާން ނުކުތެވެ. ” ދަރިފުޅާ ސައިވެސް ނުބޮނީތަ؟ ” އާނ މަންމާ ވަރަށް ލަސްވެއްޖެ،ސައިބޯނީ ފަހުން، އޮފީހުގެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް އަންހެނަކު ހަޅޭލަވައިގަތް އަޑަށް އަޔާން ނުކުމެއްޖެއެވެ. ” އަޅެފަހެ ކަލޭމެން މިތަނުގައި ކީއްތަ ކުރަނީ! އައިޑީކާޑު ނިމިއްޖޭ ބުނިފަހުން މިއަދަށް މީ ތިންވަނަ ދުވަސް! ކުރީދުވަހުވެސް ބުނީ ބާރައިގެފަހުން ކާޑެއް ދޫނުކުރަމޭ! އަހަރެމެން އާއްމުރައްޔިތުން ބޭނުން ކޮންމެ ގަޑިއަކު ކަލޭމެނަށް ޖެހޭނީ އަހަރެމެނަށް ޚިދުމަތްދޭން! އާއްމު ރައްޔިތުންގެ މައްސަލައަކީ އެއީއެވެ. ސަރުކާރު އޮފީސްތަކުގައި ހުންނަ ޤަވާޢިދުތަކަކަށް އިޙުތިރާމް ނުކުރުމެވެ. މީ މުޖުތަމަޢުގައި ވަރަށް ގިނައިން މފެންނަމުންދާ މަންޒަރެކެވެ. ސަރުކާރު އޮފީސްތަކުގައި ހުންނަ ޤަވާޢިދުތަކަށް އިޙުތިރާމު ކުރުމަކީ ހަމަ ކޮންމެ ފަރުދަކަށްވެސް ލާޒިމު ކަމެކެވެ.

” އަޔާން ހުރީ އެއަންހެންމީހާ ކިޔާ އެއްޗެހި އަޑުއަހާށެވެ. ” އޭބަލަ މިހިރަ މީހާ، ބަލަ ކަލެއާއޭ މިވާހަކަ ދައްކަނީ، ކޮބާހޭ މަގޭ ދަރިފުޅުގެ އައިޑީކާޑު! ދައްތަ އެތާ ގޮނޑީގަ އިށީދޭ، އަހަރެން އެބަ އަންނަން ބަލާލައިފަ! އަޔާން ގޮސް އައިޑީކާޑުގެ ކަންތަކާ އުޅޭ ކުއްޖާގާތު އެވާހަކަ ބުންޏެވެ. ” އަނެއްކާ އައީ ނަސީބެއްނު ނިމިފަ އޮތްކަން،، އަން މިދީބަލަ އޭނަ އަތަށް އަހަންނަކަށް ނުކެރޭނެ އޭނަގެ ކުރިމައްޗަށް އަރާކަށް! ފިސާރި ވަރެއްގެ އަންހެނެއް އެއީ! ” އާނ ގެނޭ އަހަރެން ދީފާނަން،، މިދީގެންވެސް އަލިފާންގަނޑު ނިންވާލަން ޖެހެއެއްނު ދޯ! ދެމީހުން އެއްފަހަރާ ހިނގަނޑެއް ޖަހާލިއެވެ.

ކާޑު ހިފައިގެން އަޔާން ނުކުންނަމުން ކާޑަށް ބަލައިލިއެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. ކާޑުގައި އެވާ ނަމަކުންނެވެ. ” ނައިނާ” އަޔާންއަށް ހުއްޓެވުނެވެ. ދެފައި ތުރުތުރު އަޅަން ފެށިއެވެ. ކާޑުބަލާއައިސް އެއިނީ ނައިނާގެ މަންމައެވެ. އަޔާންއަށް ފަހަތަށް ޖެހިލެވުނެވެ. މުޅިމީހަ ދާހިތްލަން ފެށިއެވެ. ( ނުނިމޭ )

1 ކޮމެންޓް
Fath
ފެބުރުއަރީ 6, 2023
Mashah kurafi fenuneema vaahen thivee Ayaan ah ves