English Edition
Dhivehi Edition
ފޮޓޯ: އަވަސް

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ މުޒާހަރާގައި މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފިއެވެ.

މި އަހަރަށް މަޖިލިސް ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީހަށް ވަޑައިގަތުމުގެ ކުރިން، ރޯޝަނީ މަގުގައި އިދިކޮޅު ކޯލިޝަނުން ވަނީ އިހްތިޖާޖުކުރަން ފަށާފައެވެ. މި ގޮތުން ރައީސް މަޖިލީހަށް ވަޑައިގެންނެވި ގަޑީގައި އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާފައެވެ.

ރިޔާސީ ބަޔާން އިއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފެއްޓެވުމާއެކު މަޖިލީހުގައި ތިއްބެވި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވަނީ އަޑުގަދަކުރަން ފައްޓަވާފައެވެ. އަދި އިދިކޮޅު ބައެއް މީހުންގެ ނަން މަޖިލީހުގެ ރިޔާސަތުން އިއްވާފައިވާއިރު، މަޖިލީހުގެ ކޯރަމް ގެއްލުމާ ގުޅިގެން ކުޑަ ވަގުތުކޮޅަކަށް ޖަލްސާވަނި މެދުކަނޑާލާފައެވެ.

 

ޓެގު