English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާ މިއަދު 9 ޖަހާއިރު އޮންނާނެ އެވެ.

މި ޖަލްސާގައި އޮންނާނެ ހަމައެކަނި ކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވާ ރިޔާސީ ބަޔާން އިއްވުމެވެ.

މިއީ ކޮންމެއަހަރަކު ވެސް ސަރުކާރުން ކުރައްވާނެ ކަންކަމާއި ގުޅޭ މައުލޫމާތު ދިނުމަށް ދެއްވާ ބަޔާނެކެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައު ދެއްވާ ފަސްވަނަ ރިޔާސީ ބަޔާން ވެސް މެއެވެ.

މި ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީން ޖަވާބިދާރި ވުމަށް ފުރުސަތުދޭއިރު، ޖަވާބުދާރީ ވުމަށް ދެއްވާނެ ދުވަހެއް މަޖިލީހުން ފަހުން ހާމަކުރާނެ އެވެ. މަޖިލީހުގައި މައިނޯރިޓީ ޕާޓީއަކީ ޕީޕީއެމް އެވެ.

ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވާތީ، މިއަދަކީ ސަރުކާރު ބަންދު ދުވަހެކެވެ.