English Edition
Dhivehi Edition
31 ޖެނުއަރީ 2020ގައި ބޭއްވި ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

“ފިކުރެއްގެ ދިރުން” ނަމުގައި ގޮފި ހެދުމަކީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ދެކޮޅުވުމެއް ނޫން ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހި ވަޑައިގެންނެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ފިކުރެއްގެ ދިރުން ނަމުގައި ގޮއްޕެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެ ޕާޓީގެ ވަކި ގޮތްޕެއް ރަޖިސްޓްރީކުރުމަށް ސޮއިކުރަމުން އަންނައިރު ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާނެ ފޯމިއުލާއެއް ކަނޑައަޅާނީ އެ ގޮފީގައި 50،000 މީހުން ރަޖިސްޓްރީކޮށް އަންނަ ޖުލައި މަހު ހިސާބުގައިކަމަށެވެ.

މިކަމާއި ދެކޮޅަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ތާއިދުކުރާ މެމްބަރުންގެ ފާޑުކިޔުންތަކަށް އަމާޒުވެފައިވާއިރު އެމްޑީޕީ އިން ބުނީ ގޮތްޕެއް ހެދުމަކީ ކެންޑިޑޭޓާ އިދިކޮޅަށް ކަމެއް ކުރުން ނޫންކަމަށެވެ. އަދި ބަލަންޖެހޭ ކަމަކީ ގޮފި އުފައްދައިގެން ކުރާ ކަމެއް ކަމަށާއި ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތްކުރާ ތަން ނުފެންނަ ކަމަށެވެ.

‘ފިކުރެއްގެ ދިރުން’ ނަމުގައި އުފައްދަވާ ގޮފިތައް ކުރިއަށް ގެންދަން ނިންމާފައިވަނީ އެ ޕާޓީން ވަކިވި 39000 މީހުންނާއެކުގައެވެ.