ކުރިއަށްއޮތް އަހަރުން ފެށިގެން ސޮލާހުއްދީން އައްޔޫބީގެ ހަޔާތްޕުޅާ ގުޅޭގޮތުން ކުޅެފައިވާ ސިލްސިލާ ސީރީސް އެއް ޕީއެސްއެމްގެ މުންނާރު ޗެނަލުން ދައްކާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ
މުންނާރު ޗެނަލްގެ ކޮންޓެންޓް މުއްސަނދި ކުރުމުގެ ގޮތުން މެލޭޝިއާގެ ގްލޯބަލް މީޑިއާއާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޓީވީއެމުން ސިލްސިލާކޮށް ކޮންމެ ރޯދަމަހު ދައްކަމުން އަންނަ މުހައްމަދު ރަސޫލުﷲ އަންނަ ރޯދަމަހު ނުދައްކާނެ ކަމަށެވެ. އަދި އެ ސިލްސިލާގެ ބަދަލުގައި ސޮލާހުއްދާން އައްޔޫބީގެ ހަޔާތްޕުޅާ ގުޅޭގޮތުން ކުޅެފައިވާ ސިލްސިލާ ދިވެހި ބަހަށް ތަރުޖަމާ ކޮށް އަޑުއަޅައި އާންމުންނަށް ގެނެސްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރުވަނީ ވިދާޅުވެފައެވެ
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރަސޫލާގެ ހަޔާތްޕުޅާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ 30 އެޕިސޯޑްއޭގެ ސީރީސްއެއް ގްލޯބަލް މީޑިއާގެ ފަރާތުން މުންނާރު ޗެނަލަށް ހިލޭ ހަދިޔާ ކޮށްފައިވާކަމަށެވެ. އަދު އޭގެ ދިވެހިތަރުޖަމާ ނިމި ޑަބިން ނުވަތަ އަޑުއެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އެ ސިލްސިލާ ފެންނަވަރު ވެގެންދާނެކަމަށެވެ