English Edition
Dhivehi Edition

ހަތަރުވަނަބައި…

” އަޅެ ދޫކުށްލަބަލަ” ހާސްވެ ކަންބޮޑުވެފައި އއޮތް ނައިނާ ބުންޏެވެ. ” ދޫކޮށްލަފާނަން! އޭރަށް ވެއްޓޭނީ ބިންމައްޗަކަށްނު”! އެންމެ ރަނގަޅުތަ؟ ” ދެން އެހެންނޫނޭ މިބުނީ.. މަގޭ ގައިން ދޫކޮށްލަދީބަލާށޭ! މީހުންތައް ބަލަނީއޭ”! ނައިނާގެ އެ ޖާދުވީ އަޑަށް އަޔާން ފިދާވެއްޖެއެވެ. އެއްވެސް އިޚުތިޔާރަކާ ނުލައި ނައިނާގެ ގައިން އަތް ދޫކޮށްލިއެވެ. ނައިނާގޮސް ޖެހުނީ ބިންމައްޗަށެވެ. އެހާ ބާރަކަށް ނޫނެވެ. ” އައްދޯއް ތަދުވެއްޖެ”! ކީއްވެތަ އަހަރެން ވައްޓާލީ! އެއިރުވެސް އަޔާން ހުރީ ނައިނާގެ މޫނަށް ކަޅިޖަހާ ނުލައި ބަލާށެވެ. ހޭވެރިކަންވީ ނައިނާ އަޔާންގެ ފަޔަށް އަރައި އޮބާލުމުންނެވެ. ” އާހ..! އަޔާންއަށް ކުޑަކޮށް ތަދު އިޙުސާސްވިއެވެ.

ނައިނާ އަވަސްއަވަހަށް އެތަނުން ދިޔައެވެ. ނައިނާ އަކީ އެރަށުގައި މުއްސަނދިކަމަށް ނަންމަޝްހޫރު އާއިލާއެއްގެ ކުއްޖެކެވެ. ރާއްޖެއިން ބޭރުން ކިޔަވައިގެން ރަށައަށް މީގެ ދެތިން ދުވަހެއް ކުރިންނެވެ. މައިންބަފައިންގެ މުއްސަނދި ދިރިއުޅުމަކީ ނައިނާގެ އުފަލެވެ. ހިތްހަމަޖެހުމެވެ. އަގުބޮޑުތަކެއްޗަށާއި އަރާމު ދިރިއުޅުމަށް ނައިނާ އިންތިހާއަށް ލޯބި ކުރެއެވެ. މައިންބަފައިން އެދެނީވެސް ނައިނާ އެގޮތުގައި ދިރިއުޅުމެވެ. އަދި ނައިނާގެ ޙަޔާތަށް އަންނަންވާނީ އެވަރުގެ ފިރިހެނެއްކަމަށް އެމީހުން ގަބޫލުކުރެއެވެ.

އަޔާންހުރީ ހަމަ އެފިޔަވަޅުމަތީގައެވެ. ނައިނާ ގޮސް އޮބާލަންދެން އެދިމާ ބަލާށެވެ. ” އެކަމަކުވާ އަޔާން އަހަރެން ހަމަ އަޖައިބުވެއްޖެ! އަޅެފަހެ މަނިކުފާނު ގިނިކަންޏާ މިތާ ކީއްތޯ ތި ކުރައްވަނީ..! ހުވަފެން ފުޅެއް ފެނިވަޑައިގަތީތޯ؟ އެހެންޏާފަހެ ފޯނެއް ނަގަނީކީ ނޫން ގެއަކު އުޅެނީކީނޫން… ނަސީބެއްނު މިހިސާބަށް އާދެވުނުކަން… ނާމީ އަޔާންއާ ދިމާކޮށްލިއެވެ. ” އަހަން ނާމީ ކޮންއިރަކު އައީ” ” ސާބަސް އަޔާންއަށް އަހަރެން މިތާ ހުންނަތާ ކޮން އިރެއް… ކާކަށްތަ ބަލަހައްޓައިގެންތަ ދީވާނާވެފަ ތިހުންނަނީ… މީ ރަނގަޅު ވަގުތެއް ނާމީއަށް ހުރިހާ އެއްޗެއް ކިޔައިދޭންވީ.. އަހަރން ނާމީއަށް އިތުބާރުކުރަން…

” ނާމީ ކުރިރޭ ބުނީމެއްނު ވަރަށް ބޮޑު ކަމެއް ދިމާވި ވާހަކަ… މިހާރު ނުވެސް ނިދޭ ރަނގަޅަކަށް ނުކެވޭ.. ފެންވަރާއިރު ފާޚާނާތެރެއިން، ބަތްކާއިރު ތަށިތެރެއިން، ނިދާއިރު ބާލީހުގަވެސް… ހަމަ އޭނަ.. ” ސުބުހާނަﷲ ތިޔަހުރީ ލޯބީގެ އެންމެ މަތީވައިރަސް ވަދެފައެއްނު، ދެންޖެހޭނީ އިޝްޤީ ޑޮކްޓަރަކަށް ދައްކާފަ، ލައްޒަތުގެ އިންޖެކްޝަނެއް ވެސް ޖަހަން، ނުވިތާކަށް އުލްފަތުގެ ބޭސްސިޓީއެއްގަ ލޯބީގެ ދެތިންގުޅަ ބޭސް ވެސް ލިޔަން،،، ނާމީ ނޭފަތްމައްޗަށް ޝަހާދަ އިނގިލަލަމުން ފަތިވަރު އަމުނާލިއެވެ. އަޅެފަހެ ތީ ހަމަ އެމަޑުމައިތިރި އަޔާންތަ؟ އެލަދުރަކި އަޔާންތަ؟ އަނެއްކާ ޖިންނި އަވަލީތަ؟ ” ނޫނެކޭ ހަމަ އަސްލުވެސް އަހަންނަށް އޭނަދެކެ ލޯބި ވެވިއްޖެ” ނައިނާ” އަޔާން ލޯމަރާލަމުން ނައިނާގެ ނަން ކިޔާލިއެވެ.

” ނައިނާ އެއީ އޭނަގެ ނަންތަ.. ކޮން ގެއެއްގެ ކުއްޖެއްތަ؟ ފޯނުނަމްބަރު އެނގޭތަ؟ ނާމީ އަވަސްއަވަހަށް އެހިއެވެ. ” ތިއިން އެއްވެސް އެއްޗެއް ނޭނގެ! އެކަމަކު އަހަން މިވާގޮތް އެނގިއްޖެ! އަހަންނަށް ނައިނާދެކެ ލޯބި ވެވިއްޖެ އިންތިހާއަށް ލޯބި ވެވިއްޖެ! ބުނެދެން ނޭނގޭވަރަށް ލޯބި ވެވިއްޖެ! އަޔާން ހުރީ މޮޔަވެފައެވެ. ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ޝާއިރަކު އޭނާގެ ގަލަމުން ހިތުގެ ކުޅަދާނަކަން ދައްކަމުން ދިޔަހެނެވެ. ” އެކަމަކުވާ އަޔާން،، މީހުން ބުނާތީ އަހަން އިޝްގަކީ ތޫފާނެކޭ،، މިހާރުގަބޫލުކުރެވިއްޖެ!ދެންވެސް ހިނގާބަލަ ތޫފާނުގައި ޖެހި ފުނޑުފުނޑު ނުވަނީސް އަމާން ބަނދަރަކަށް ދެވޭތޯ! ހިނގާބަލަ މަހާ އޮޑިޔާވޭތޯ ވަދުއަޅާލަން! ފަހަރެއްގަ މަސްވެރިކަން ރަނގަޅުވެސް ވެދާނެއްނު! ނާމީ އަޔާންއާ ދިމާކޮށްލިއެވެ.

” އަދިވެސް ދިމާ ކުރަންތަވީ! މަށަށް މިވާވަރެއް ނުފެނޭތަ! އަޔާންއަށް ކިޔޭ ނުކިޔޭ އެއްޗެއް އެނގޭހެނެއް ހިޔެއް ނުވެއެވެ. ” ބަލަ އެހެންވެތާ މިބުނީ ތިކަން ވޭތޯ ވަދުއަޅާލަން ހިނގާށޭ! އެހީތެރިކަމެއް ފޯރުކޮށްދެވޭތޯއޭ މިއުޅެނީވެސް” ނާމީގެ ވާހަކައިން އަޔާންއަށް ހިތްހަމަ ޖެހުމެއް ލިބުނެވެ.

އެރޭގެ ވަގުތެކެވެ. އަޔާނަށް ކެތް ނުކުރެވިގެން ނާމީއަށް ގުޅިއެވެ. ނައިނާ ފެނޭތޯ ބުރެއްޖަހާލުމަށް ދިއުމަށް އެދުނެވެ. ސައިކަލުގައި ދެމީހުން މުޅި ރަށުގައި ކަހަލަ ގޮތަކަށް ދުއްވިއެވެ. ނައިނާގެ ޚަބަރެއް ހިލަމެއް ނުވިއެވެ. މާޔޫސްވެގެން އަޔާންއާ ނާމީ ސައިކަލު ޕާކު ކުރުމަށް ފަހު ހިނގައިގަތީ ކުރިމަތީގައި ހުރި ” ޓްރައި އެގެއިން” ކެފޭ އަށް ކޮފީއެއް ބޯލުމަށެވެ. މަޑު ހިނގުމެއްގައި ދެމީހުން ހިނގާފައި ދަނިކޮށް ވާރޭވެހެން ފެށިއެވެ. ދެމީހުން އެއްކޮށް ދުއްވައިގަތީ ހިޔާވާނެ ގޮތެއް ހޯދުމަށެވެ. ސައިކަލު ޕާކުކުރީ ކެފޭއާ ތަންކޮޅެއް ދުރުގައެވެ. ކުރިމަތިން އައި ސައިކަލަކުން ސަލާމަތް ވުމަށް ދެމީހުންނަށްވެސް ދެވުނީ މަގުގެ ދެފަޅިއަށެވެ. ދުވެފައި އަޔާންގޮސް ހުއްޓުނީ ވަރަށް ރީތިކޮށް ހަދާފައިވާ ދޮރާއްޓެއްގެ އަސްކަނި ދަށަށެވެ. ނާމީ އަށް ހުއްޓެވުނީ ތަންކޮޅެއް ދުރުގަ ހުރި ގަރާޖެއްގެ ތެރޭގައެވެ.

ވާރޭ ބޯކޮށްލުމުގެ ސަބަބުން ދެމީހުންވެސް އެހަށް މަޑުކޮށްލީއެވެ. އަޔާން ހުރީ އެދޮރާށީގައި ލައްގަނެގެނެވެ. ވެހެމުންދިޔަ ވާރޭގެ ތެރެއިންވެސް އޭނާއަށް ނައިނާގެ ރީތި ބުރުސޫރަ ފެންނަ ކަހަލައެވެ. ކުއްލިއަކަށް މީހަކު ދޮރުހުޅުވާލިއެވެ. އަޔާން ހުރީ އެކަމަށް ސަމާލުވެގެނެއް ނޫނެވެ. ދޮރުހުޅުވާލުމާއެކު އޭނާ ވެއްޓެން ދިޔައެވެ. އެތެރެއިން ދޮރުހުޅުވާލި މީހާ އަޔާންގެ އަތުގައި ނުހިފިނަމަ ގޮސް ވެއްޓޭނީ މަގުމައްޗަށެވެ.

” އަޔާން އޮތީ މަގުމައްޗަށް މޫނުވާގޮތަށް ވެއްޓެން ދިޔަ ގޮތަށެވެ. އޭނާގެ އަތުގައި ހިފަހައްޓައިގެން އެހުރީކީ ފިރިހެނެއް ނޫނެވެ. އެއީ އަންހެނެއްކަން ޔަޤީނެވެ. އެބީހުން އަޔާނަށް މިހާރު އެނގެއެވެ. އެ އިޙުސާސްތައް އަޔާންއަކަށް ނޯޅޭނެއެވެ. އޭނާގެ ހިތް އުފަލުން ނަށަން ފެށިއެވެ. ޔަޤީނެވެ. އެއީ ނައިނާއެވެ. ދެވަނަ އެހެން މީހެއް ނޫނެވެ. އަޔާންގެ އަތުގައި ހިފަހައްޓައިގެން ހުރިމީހާ އަޔާން ވެއްޓުނަ ނުދޭންވެގެން އޭނާގެ ގަޔާ ދިމާޢަށް ދަމައިގަތެވެ. ކުއްލި ޝޮކަކާއެކު އަޔާން އަނެއްފަރާތަށް އެނބުރެވި ގޮސް ޖެހުނީ ހިފަހައްޓައިގެން ހުރި މީހާގެ ގައިގައެވެ. އަޔާން އިސްއުފާލާ ބަލައިލިއެވެ. އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ( ނުނިމޭ )

 

1 ކޮމެންޓް
ހަމް...
ޖެނުއަރީ 27, 2023
ވާހަކަ ތަންކޮޅެއް ދިގުކޮއް ގެނެސްދީބަލަ