English Edition
Dhivehi Edition

ދިރާގުގެ ސޯޝަލް ޕެކް އެޑް-އޮންއާއެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 23 ރުފިޔާއަށް 23ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ލިބޭނެއެވެ.

މި ޑޭޓާ ބޭނުންކޮށްގެން ވައިބަރ، ވަޓްސްއެޕް، ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓަރ، ސްނެޕްޗެޓް އަދި ވީޗެޓް ފަދަ ސޯޝަލް މީޑިއާ އެޕްސް ބޭނުންކުރެވޭނެއެވެ.

އެކްޓިވޭޓް ކުރާ ދުވަހު 23:59 އާ ހަމައަށް ވެލިޑިޓީ ލިބޭ މި އެޑް-އޮން ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ނުވަތަ 343 އަށް ކީވޯޑް ‘2023’ ޖަހާފައި އެސްއެމްއެސް ކޮށްލައިގެންވެސް ނެގޭނެއެވެ. އަދި މި ސޯޝަލް މީޑިއާ އެޑް-އޮން ދިރާގުގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ނެގޭނެއެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއްވަނީ ފަރުމާކުރެވިފައެވެ.

  • ދިރާގު ކޮމްބޯ ޕްލޭންސް – މިއީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.
  • ސަޅި ޕްރީޕެއިޑް ޕްލޭންސް – ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މި ޕްލޭންއާއިއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
  • މަމެން – ޒުވާޏުންނަށް ޚާއްސަކޮށްގެ ފަރުމާކޮށްފައިވައި މި ޕްލޭންއަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭންއެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް ކްރެޑިޓް އެހެން މަމެން ޔޫޒަރުންނަށް ޓްރާންސްފަރވެސް ކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.

ޓެގު