English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ - ފޮޓޯ: ޕީއެސްއެމް ނިއުސް

އައްޑޫސިޓީ ހިތަދޫ އިން ދިރިއުޅުމަށްޓަކައި 1500 އަކަފޫޓުގެ 500 ގޯތި ދިނުމަށް އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނުގައިވަނީ “އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު” ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން “ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު” ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއެކު، 23 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޯމް ހުށަހެޅުމަށް އެދިފައެވެ.

ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 ށެވެ.

އައްޑޫ ސިޓީ ހިތަދޫގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ފޭދޫ، ހުޅުދޫ އަދި މީދޫ އިން ގޯތި ދޫކުރުމަށް އިއުލާންކޮށްފައެވެ. މި ގޮތުން ފޭދޫއިން ދިރިއުޅުމަށްޓަކައި 1500 އަކަފޫޓުގެ 300 ބަންޑާރަ ގޯތި އާއި ހުޅުދޫ 2000 އަކަފޫޓުގެ 100 ގޯތި އަދި މީދޫ އިންވެސް 2000 އަކަފޫޓުގެ 100 ގޯތި ދޫކުރުމަށް ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.