English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ މަޖިލިސް

ހަތަރު އަހަރު ތެރޭގައި ހުއްޓުމެއްނެތި ތަރައްގީ ގެނެސްދެއްވި ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ މިދުވަސްވަރު ފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި ގައުމު އަކުން ބިނާކޮށް ކުރިޔަށް ގެންދެވޭނީ ރައީސް ސޯލިހަށް ކަމަށެވެ. އަދި މިފަދަ ދަތި ދުވަސްވަރެއްގައި ގައުމު އަލުން ބިނާކޮށް ކުރިޔަށް ގެންދެވިދާނެކަން ފާއިތުވި 4 އަހަރުތެރޭގައި ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން 65 އަހަރުވެފައިވާ މީހުންނަށް 5000 ރުފިޔާގެ ޕެންޝަނެއް ދޭން ފެށީ ވެސް ރައީސް ސާލިހު ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި ރޭހުގައި ވާދަކުރައްވަނީ ރައީސް ސާލިހާއި ރައީސް ނަޝީދެވެ.